ދިވެހިރާއްޖެ
އިޢްލާން
ހުރާ ކައުންސިލްގެ 4ވަނަ ޢާންމު ޤުރްއާން މުބާރާތް 2026
މިކައުންސިލުން އިންތިޒާމްކޮށްގެން ރަށުފެންވަރުގައި ބާއްވާ އެންމެ ބޮޑު ޤުރުޢާން މުބާރާތް، 04ވަނަ ރަންތާޖު ޤުރުއާން މުބާރާތް 2027ގައި ވާދަކުރާ އެންމެ ގަދަ 10 (ދިހަ) ބައިވެރިން ހޮވުމަށްޓަކައި، ކައުންސިލްގެ 04ވަނަ ޢާންމު ޤުރުއާން މުބާރާތް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ބޭއްވުމުގެ މަޤްސަދަކީ ހުރާގައި ކީރިތި ޤުރްއާން ތަޖުވީދުގެ ހަމަތަކުން އުނގެނުމާއި، އުނގަންނައި ދިނުމުގަޔާއި، ޤުރްއާން ތަރްތީލްކޮށް ކިޔެވުމުގެ ޤާބިލްކަން ދެއްކުމުގައި ވާދަވެރި މާޙައުލެއް އުފެއްދުމެވެ. އަދި ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖެއްސުމާއި، ޤުރްއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، 20 އޮކްޓޯބަރ 2026ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން މިއިޢްލާނާއިއެކު ހިމެނިފައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ.
https://forms.gle/fLJrCdxGhXySbmdz6
މި މުބާރާތުގައި އަމަލުކުރާނެ ޤަވައިދާއި މުޤައްރަރު މިއިޢުލާނާއި އެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. ހުރާ ކައުންސިލްގެ ޢާންމު ޤުރުއާން މުބާރާތުން ހޮވޭ އެންމެ ގަދަ 10 ބައިވެރިންގެ މެދުގައި ކުރިޔަށް ގެންދެވޭ 04 ވަނަ ރަންތާޖު ޤުރުއާން މުބާރާތް 2027، ބާއްވާނެ ތާރީޙެއް ފަހުން އިޢުލާން ކުރެވިގެންދާނެ ވާހަކަވެސް ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
