ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
މި ވުޒާރާއާއި މި ވުޒާރާގެ ދަށުން ހިންގަމުންދާ އެންމެހައި އިދާރާތަކުގެ މީޑިއާ މަސައްކަތްތައް 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ޕީ.އާރު. ފާމެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)473-AP/473/2026/52 (05 ޖުލައި 2026) އިޢުލާނު ބާޠިލުކޮށް، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ. މި ޚިދުމަތާ ގުޅޭ މަސައްކަތުގެ ތަފްޞީލު (ޓީ.އޯ.އާރް) މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލާ އެއްގޮތަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް މި ވުޒާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.
|
ތަފްޞީލް |
ތާރީޚް (ދުވަސް) |
ގަޑި |
ތަން |
|
އަންދާސީ ހިސާބު ހުށަހެޅުން |
2026 އޮކްޓޫބަރު 19 (ހޯމަ) |
11:30 |
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ (ޤައުމީ ދާރުލްއާސާރު ބިނާ) |
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ 7660603 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
