ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ރޮށި ސަޕުލައިކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތައް ހޯދުމާއި ގުޅޭ
މި ކުންފުނީގެ ބޭނުމަށް ދިގު މުއްދަތަކަށް ރޮށި ސަޕުލައިކޮށްދޭން ޝައުޤުވެރިވާ ފަރާތްތައް ހޯދަން ބޭނުންވެއެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 500 ރޮށި ސަޕުލައިކޮއްދޭން ޖެހޭނެކަމަށްވަނީ އަންދާޒާކުރެވިފައެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2026 އޮކްޓޫބަރު 15 ވާ ބުރާސްފަތިދުވަހުގެ މެންދުރު 14:30 ގެ ކުރިން، އީމެއިލް([email protected]) މެދުވެރިކޮށްޝައުގުވެރިކަން (EOI) ފާޅުކުރުން އެދެމެވެ. ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެފަރާތެއްގެ ފުރިހަމަ ނަމާއި އެޑްރެސް، އީމެއިލް، ގުޅޭނެ ނަންބަރުތައް އަދި ޤާބިލުކަން އަންގައިދޭ ލިޔުންތައް (ޕްރޮފައިލް، ތަޖުރިބާ ފަދަ ލިޔުންތައް) ފޯރުކޮއްދެއްވަން ވާނެއެވެ. ގަޑި ޖެހުމަށްފަހު ފާޅުކުރާ ޝައުޤުވެރިކަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ 'މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް'ގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިއަކަށްވާންވާނެއެވެ.
މިކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި، ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު "ރިކުއެސްޓް ފޯ ކޯޓޭޝަން" މެދުވެރިކޮށް ފަހުން ހުޅުވާލެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3026431/3026510/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް www.macl.aero އަށެވެ.
