މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.މަޑުއްވަރީ ކައުންސިލްގެ ފުޓްސަލް މުބާރާތް "ހިތްފަހި ފުޓްސަލް ޗެލެންޖު 2026" ގެ މެޗުތަށް ކުރިޔަށްދާ ވަގުތުތަކުގައި ދަނޑު ސަރަޙައްދުގައި ގާޑިޔާ ވިޔަފާރި ކުރުމާއި ގުޅޭ (.)

 

   މ.މަޑުއްވަރީ ކައުންސިލުން އިންތިޒާމްކޮށްގެން 30 އޮކްޓޫބަރު 2026 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ހިތްފަހި ފުޓްސަލް ޗެލެންޖް 2026 ގެ މެޗްތައް ކުރިޔަށް ދާ ވަގުތުތަކުގައި އެ ސަރަޙައްދުގައި ގާޑިޔާ ހިންގުމަށް ބޭނުންވާ ފަރާތްތަކަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

   މުބާރާތުގެ މެޗުތައް ކުޅެވޭ ދުވަސްތަކުގައި ދަނޑު ސަރަޙައްދުގައި ގާޑިޔާ ހިންގުމަށް ބޭނުންވާ ފަރާތްތަކުން ، ޖުމްލަ 250/- ރުފިޔާ ފީގެ ގޮތުގައި ކައުންސިލަށް ދައްކަވަންޖެހޭނެއެވެ. ގާޑިޔާ ހިންގުމަށް ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ފަރާތަށެވެ. ކޮންމެ ފަރާތަކަށް ވެސް ދޫކުރެވޭނީ ގާޑިޔާ ހިންގުމަށް 13X10 (ފުޅާ މިނުގައި 13 ފޫޓް އަދި ދިގުމިނުގައި 10 ފޫޓް) ފޫޓް ގެ 1 ބިމެވެ.

   ވީމާ، ގާޑީޔާ ބެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތަކުން 14 އޮކްޓޫބަރު 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. އަދި ވިޔަފާރިއެއް ނަމަ ރަޖިސްޓްރީ ކޮޕީ ނުވަތަ އަމިއްލަ ފަރުދެއް ނަމަ އައިޑީކާޑު ކޮޕީ ފޯމާއެކު ހުށަހަޅަންވާނެއެވެ.

   ލިންކް:  https://forms.fillout.com/t/6WVeXnvRDZus   

  މި އިޢުލާނާއިއެކު ގާޑިޔާ ދޫކުރުމާބެހޭ އުސޫލް ޢާންމު ކުރީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

  މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

08 އޮކްޓޫބަރު 2026
ހޯދާ