މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަހިޕޭ މެދުވެރިކޮށް ނ.ވެލިދޫ ކައުންސިލަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހުމާ ގުޅޭ

މި އިދާރާއިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ލުއިފަސޭހަކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، "ފަހިޕޭ" (FahiPay) މެދުވެރިކޮށް ކައުންސިލަށް ފައިސާ ދެއްކޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައި ތަޢާރަފްކުރެވިފައެވެ.

މި ޚިދުމަތް ތަޢާރަފްކުރެވުމާއެކު، ހަފްތާގެ ކޮންމެ ދުވަހަކު 24 ގަޑިއިރު މެދުނުކެނޑި ކޮންމެ ވަގުތެއްގައިވެސް ކައުންސިލަށް ދައްކަންޖެހޭ ފައިސާ ފަސޭހަކަމާއެކު ދެއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި ފަހިޕޭ މެދުވެރިކޮށް ދައްކަވާ ފައިސާގެ ރަސީދު ވަގުތުން ފަހިޕޭ އެޕުން ފައިސާދައްކަވާ ފަރާތައް ލިބިގެންދާނެއެވެ. ފަހިޕޭ މެދުވެރިކޮށް މި ޚިދުމަތް ހޯއްދަވާނެ ގޮތުގެ އިރުޝާދު ހިމެނޭ ވީޑިއޯ މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

މީގެ އިތުރުން، މި ޚިދުމަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވާނަމަ ނުވަތަ އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6563945 ނުވަތަ 7897744 އަށް ގުޅުއްވުން އެދެމެވެ.

08 އޮކްޓޫބަރު 2026
ހޯދާ