މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުފައިވާ ހެންވޭރު ކާނިވާ ސްޓޭޖުގައި ހުރި ގުދަން - 2 ހުސްކުރުމާއި ގުޅޭ،

މި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ހެންވޭރު ކާނިވާ ސްޓޭޖް މަތީގައި (ސްޓޭޖަށް ނުކުމެވޭގޮތަށް ދޮރުކަނޑާފައި) ހުރި ގުދަން- 2 ހުސްކުރުމަށް (30 އެޕްރީލް 2026) ގެ "ތަން ހުސްކުރުމުގެ ނޯޓިސް" އަށް އިޖާބަދީފައި ނުވާތީ މި ކައުންސިލްގެ ނަންބަރު: 425-A1/425/2026/05 (16 ޖުލައި 2026) ގެ އިޢުލާންއިން 19 ޖުލައި 2026 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ތަން (ގުދަން) ހުސްކުރުމަށް އަންގާފައި ވީނަމަވެސް މި ކައުންސިލަށް އިޖާބަ ދީފައެއް ނުވެއެވެ.

ވީމާ، މަތީގައި ބަޔާންކޮށްފައިވާ ގުދަނުގައި އެއްވެސް ފަރާތެއްގެ މުދަލެއް (ތަކެއްޗެއް) ހުރިނަމަ 14 އޮކްޓޫބަރު 2026 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް މި ކައުންސިލްގެ ކަމާބެހޭ މުވައްޒަފުންގެ ޙާޟިރުގައި ތަކެތި ނެރެ ގުދަން ހުސްކުރުމަށް އަންގަމެވެ. މި ތާރީޚްގެ ނިޔަލަށް ގުދަން ހުސްކޮށްފައި ނުވާނަމަ ގުދަނުގައި ނުގެންގޮސް ހުރި ތަކެއްޗަކީ ބޭނުންނެތިގެން ދޫކޮށްލާފައި ހުރި ތަކެތި ކަމަށް ބަލައި މި ކައުންސިލުން ގުދަން ހުސްކޮށް ސާފުކޮށް އެތަކެތީގެ ތެރެއިން ކުނީގެ ގޮތުގައި ބެލެވޭ ތަކެތި އުކާލުމާއި ބޭނުން ކުރެވޭ ފަދަ ތަކެތި ހުރި ނަމަ އެފަދަ ތަކެތި ނީލަމުގައި ވިއްކާލެވޭނެކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

08 އޮކްޓޫބަރު 2026
ހޯދާ