ދިވެހިރާއްޖެ
އިޢުލާނު
އއ.ފެރިދޫ ސިއްޙީ މަރުކަޒުގައި ލެބޯޓްރީއެއް ގާއިމްކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން
މި މަރުކަޒުގައި ލެބޯޓްރީއެއް ގާއިމްކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުން ވެއްޖެއެވެ. މިކަމަށް ޝައުޤްވެރިވާ ފަރާތްތައް 8 އޮކްޓޫބަރ 2026 ވާ ބުރާސްފަތި ދުވަހުން ފެށިގެން 15 އޮކްޓޫބަރ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީ.މެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ ސައިޓް އިންސްޕެކްޝަން އޮންނާނީ 20 އޮކްޓޫބަރ 2026 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގައި އއ.ފެރިދޫ ސިއްޙީ މަރުކަޒުގައެވެ. ސައިޓް އިންސްޕެކްޝަންގައި ބައިވެރިނުވެވޭ ފަރާތްތަކަށްވެސް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު އޮންނާނެއެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވުފައިވާނެއެވެ. އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 26 އޮކްޓޫބަރ 2026 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30ގައި އއ.ފެރިދޫ ސިއްޙީ މަރުކަޒުގައެވެ.
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގެންނަވާނަމަ 25 އޮކްޓޫބަރ 2026 ވާ އާދިއްތަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށައަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސި ހިސާބު ބަލައި ނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
