ދިވެހިރާއްޖެ
ކ.ހުރާއިން ގޯތި ދިނުމުގެ އުޞޫލަށް 04 އޮކްޓޯބަރ 2026 ވަނަ ދުވަހު ގެނެވުނު ބަދަލާއި ގުޅިގެން އަލުން ގޯއްޗަށް އެދި ފޯރމް ހުށައެޅުމުގެ ފުރުސަތު ހުޅުވާލުން.
މި ކައުންސިލުން 23 ޖޫން 2025 ވަނަ ދުވަހު އިޢުލާން ކޮށްފައިވާ " ކ.ހުރާއިން ގޯތި ދިނުމުގެ އުޞޫލު" (އުޞޫލު ނަމްބަރު GU/334/2025/01:) އަށް 04 އޮކްޓޯބަރ 2026 ގައި ގެނެވުނު ބަދަލާއި ގުޅިގެން، ރަށުގެ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުން 1500 އަކަފޫޓުގެ 150 ގޯއްޗަށް އެދި ފޯމް ފުރިހަމަކޮށް ހުށައެޅުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލަމެވެ. ފޯރމް ހުށައެޅުމުގެ ފުރުސަތު އަލުން ހުޅުވާލެވުނު ނަމަވެސް ކުރިން ލާފައިވާ އެއްވެސް ފޯރމެއް ބާޠިލް އެއް ނުވާނެއެވެ. ނަމަވެސް މި ފޯރމްތަކަށް މާރކްސް ދިނުމުގައިވެސް ބަލާނީ އިސްލާޙު ކުރެވިފައިވާ އުޞޫލަށެވެ. އަދި ކުރިން ފޯރމް ލާފައިވާ ފަރާތެއް އަލުން ފޯރމް ލާނަމަ ކުރިން ހުށައަޅާފައިވާ ފޯރމް ބާޠިލް ވާނެއެވެ. މި އިޢުލާނާއި ގުޅިގެން ހުށައަޅާ މާރކްސް ދިނުމާއި ރިކޯޑް ސާފުކުރުމަގައި ބާލާނީ 03 އޮގަސްޓް 2025 ގައި ކުރި އިޢުލާންގެ ތާރީޚާއި ހަމައަށެވެ.
ފޯމް ދޫކުރުން
ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ 08 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުން ފެށިގެން 15 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ ނިލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 9:30 އިން ފެށިގެން 12:00 އަށް މި އިދާރާގެ ކައުންޓަރުންނެވެ.
ފޯމް ބަލައިގަތުން
ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 11 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުން ފެށިގެން 15 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ ނިލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 9:30 އިން ފެށިގެން 12:00 އަށް މި އިދާރާއިންނެވެ.
އިސްލާހުކުރެވިފައިވާ " ކ.ހުރާއިން ގޯތި ދިނުމުގެ އުޞޫލު" (އުޞޫލު ނަމްބަރު GU/334/2025/01:) މި އިޢުލާނާއި އެކު، ޢާންމު ކުރަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
