ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ބަޔާންކުރާ ލިޔެކިޔުންތައް ފުރިހަމަ ނޫން ބިދޭސީންގެ މައްސަލަ ބޮޑުވެ މިކަމަކީ ޤައުމަށާއި ރައްޔިތުންނަށް ނުރައްކަލަކަށްވެ އަދި ނުޤަވާއިދުން ރާއްޖެ އައިސްތިބި ބިދޭސީންނަށްވެސް ގެއްލުންތަކެއް ލިބިދާނެކަމެއްކަމަށް ފެންނާތީ އަދުގެ ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުގެ ސިޔާސަތުތަކާއި އެއްގޮތަށް ފިނޭއަށް ބިދޭސީން ގެނައުމާއި ގެންގުޅުމުގައިވެސް ޢަމަލުކުރާންވީ އުޞޫލެއް މިވަނީ ކައުންސިލުން އެކަށައަޅާ ފާސްކޮށްފައެވެ.
މި އުޞޫލަކީ 06 އޮކްޓޯބަރު 2026 ވީ ދުވަހު ބޭއްވުނު މި ކައުންސިލްގެ 5 ވަނަ ދައުރުގެ 19 ވަނަ ޢާންމު ޖަލްސާއިން ފާސްކޮށް، 07 އޮކްޓޯބަރު 2026 އިން ފެށިގެން ޢަމަލުކުރުމަށް ނިންމާފައިވާ އުޞޫލެކެވެ. މި އިޢުލާނާއެކު އެ އުޞޫލު ޢާންމުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
