ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
"ހދ .ފިނޭގެ ވައު ބޭނުންކުރުމުގެ އުޞޫލު" އާންމުކުރުން
ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 149 ވަނަ މާއްދާގެ ދަށުން، ހދ. ފިނޭގެ ވައު ބޭނުންކުރުން ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި އެކުލަވައިލެވިފައިވާ "ހދ. ފިނޭގެ ވައު ބޭނުންކުރުމުގެ އުޞޫލު"، ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ 5 ވަނަ ދައުރުގެ 19 ވަނަ ޢާންމު ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.
ވީމާ، މިއަދުން ފެށިގެން މި އުޞޫލަށް ޢަމަލުކުރަން ފަށާފައިވާތީ، އެންމެހައި ރައްޔިތުންވ މި އުޞޫލާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވަމެވެ. އަދި މި އިޢުލާނާއެކު "ހދ. ފިނޭގެ ވައު ބޭނުންކުރުމުގެ އުޞޫލު" ޢާންމުކޮށް ޝާއިޢުކުރީމެވެ.
07 އޮކްޓޫބަރު 2026
ހޯދާ
