ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސްކައުޓް ލީޑަރުން ތަމްރީނުކުރުމުގެ "ވުޑްބެޖް" ކޯހާއިގުޅޭ:

ސްކައުޓް ލީޑަރުން ތަމްރީނުކުރުމަށް މި އެސޯސިއޭޝަނުން ކުރިއަށް ގެންދާ ވުޑްބެޖް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ކޯހުގެ ބައިތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިގަނޑު 3 މަރުހަލާއަކަށް ބަހާލެވިގެންނެވެ.

  1. ފުރުތަމަ ބަޔަކީ އަމިއްލައަށް އޮންލައިންކޮށް ފުރިހަމަކުރަންޖެހޭ ބައެކެވެ. މި ބައި ކުރިއަށް ގެންދާނީ މި އެސޯސިއޭޝަނުގެ އޮންލައިން ލަރނިންގ މެނޭޖްމަންޓް ސިސްޓަމް މެދުވެރިކޮށެވެ.
  2. ދެވަނަ ބަޔަކީ "އޮން ދަ ޖޮބް" ނުވަތަ އަމަލީގޮތުން ފުރިހަމަކުރަންޖެހޭ ބައެކެވެ. މި މަރުހަލާގައި މަސައްކަތުފޮތްވެސް ފުރިހަމަކުރަމުންދާންޖެހޭނެއެވެ. އަދި އޮންލައިން ސެޝަންތަކުގައިވެސް ބައިވެރިވާންޖެހޭނެއެވެ.
  3. ތިންވަނަ ބަޔަކީ ކޭމްޕްގެ ބައެވެ. މި މަރުހަލާގައި 4 ދުވަހުގެ ކޭމްޕް ފުރިހަމަކުރަންޖެހޭނެއެވެ.

މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. 

https://link.scout.mv/woodbadge

މި ކޯހުގެ މޮޑިއުލްތައް އަދި ކޯހާއި ގުޅޭ އިތުރު މައުލޫމާތު މި ސަރކިއުލަރ އާއިއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ.

04 އޮކްޓޫބަރު 2026
ހޯދާ