މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ރުއްތަށް ކުއްޔަށް ދޫކުރުމާއި ގުޅޭ.

އިޢުލާން 

ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ރުއްތަށް ކުއްޔަށް ދޫކުރުމާއި ގުޅޭ.

 

                ހެނބަދޫ ރައްޔިތުންގެ ރުއްގަހުގެ ގޮތުގައި މިރަށުގެ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ރުއްތަށް  މަހަކު 500 (ފައްސަތޭކަ) ރުފިޔާ އަށް ވުރެ ކުޑަނޫން އަގަކަށް 1 އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

         ވީމާ، ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި އިސްވެ ދެންނެވުނު ރުއްތަށް ކުއްޔައް ހިފަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 14 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. އަދި ރުއްތަށް ކުއްޔަށް ހިފުމަށް އަގު ހުށަހަޅާ ފޯމު މި އިދާރާގެ ކައުންޓަރއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. މިކަމާގުޅޭ، އިތުރު މައުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ، ކައުންސިލް އިދާރާގެ ނަންބަރު (ފޯން: 6560018) އަށް ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

          މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                          25 ރަބީޢުލްއާޚިރާ 1448
06 އޮކްޓޫބަރު 2026
ހޯދާ