މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢުޞޫލު ނަންބަރު: (PP)307/INDIV/2026/1 (ކައުންސިލްގެ އިޙްތިޞާސް ތެރޭގައި ހިމެނޭ އެންމެހާ ބިންތައް، އެކިއެކި ބޭނުންތަކަށް ކުއްޔަށްދިނުމާއި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ޢުޞޫލު.

   (PP)307/INDIV/2026/1:އުޞޫލު ނަންބަރު

ޢުޞޫލު ނަންބަރު: (PP)307/INDIV/2026/1 (ކައުންސިލްގެ އިޙްތިޞާސް ތެރޭގައި ހިމެނޭ އެންމެހާ ބިންތައް، އެކިއެކި ބޭނުންތަކަށް ކުއްޔަށްދިނުމާއި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު) އަށް 2 (ދޭއް) ވަނަ އިސްލާހު ގެނައުމުގެ ޢުޞޫލު.

 

ޢުޞޫލު ނަންބަރު: (PP)307/INDIV/2026/1 (ކައުންސިލްގެ އިޙްތިޞާސް ތެރޭގައި ހިމެނޭ އެންމެހާ ބިންތައް، އެކިއެކި ބޭނުންތަކަށް ކުއްޔަށްދިނުމާއި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުޞޫލު) އަށް އަންނަނިވި އިސްލާހު ގެނައުން. 

ބުނެވިދިޔަ އުސޫލުގެ 9 ވަނަ މާއްދާ (ކުއްޔަށްދެވޭ ބިމުގެ ކުއްޔާއި ކުލި އަދި ޖޫރިމަނާގެ ފައިސާ ހޯދުން) ގެ 9.3 އަންނަނިވި ގޮތަށް އިސްލާހުކުރުން؛

9.3 މިމާއްދާގެ (9.2) ގައި ބަޔާންކޮށްފައިވާ ކުލި ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން އެމަހެއްގައި ދައްކަންޖެހޭ ކުލި ދައްކަންވާނެއެވެ. އެއްވެސްމަހެއްގެ ކުލި އެމަހެއްގެ 10 ވަނަ ދުވަހުގެ ނިޔަލަށް ނުދެއްކިއްޖެނަމަ ދެން ކުލި ބަލައިގަންނަންވާނީ، މި އުސޫލުގައި ކަނޑައެޅިފައިވާ އެމެހެއްގެ ޖޫރިމަނާ ފައިސާއާއި އެކުއެވެ. 

ބުނެވިދިޔަ އުސޫލުގެ 9 ވަނަ މާއްދާ (ކުއްޔަށްދެވޭ ބިމުގެ ކުއްޔާއި ކުލި އަދި ޖޫރިމަނާގެ ފައިސާ ހޯދުން) ގެ 9.3 އަށް އަންނަނިވި ކަންކަން އިތުރުކުރުން.

9.3.1 މި އުސޫލުގެ ދަށުން ކުއްޔަށް ދޫކުރެވޭ ކުލީ ބިމެއް، އެއްބަސްވުމުގެ މުއްދަތު އިތުރުކޮށް އައު އެއްބަސްވުމެއް ހެދިގެންދާ ބިންތަކުގެ ޖޫރިމަނާގެ ފައިސާ ތިރީގައިމިވާ ގޮތުގެމަތިން ކަނޑައެޅިގެން ދިއުން.

9.3.1.1 ބިމުގެ ބޮޑުމިން 1000 (އެއްހާސް) އަކަފޫޓަށްވުރެ ކުޑަ ނަމަ، އެމެހެއްގެ ބިމުކުލި ހިނގަމުންދާ މަހުގެ 10 (ދިހައެއް) ވަނަ ދުވަހުގެ ނިޔަލަށް ނުދައްކާ ނަމަ 100.00 (ސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރުން.

9.3.1.2 ބިމުގެ ބޮޑުމިން 1000 (އެއްހާސް) އަކަފޫޓާއި 2000 (ދެހާސް) އަކަފޫޓާއި ދެމެދުގައިވާނަމަ އެމެހެއްގެ ބިމުކުލި ހިނގަމުންދާ މަހުގެ 10 (ދިހައެއް) ވަނަ ދުވަހުގެ ނިޔަލަށް ނުދައްކާ ނަމަ 300.00 (ތިންސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރުން.

9.3.1.3 ބިމުގެ ބޮޑުމިން 2000 (ދެހާސް) އަކަފޫޓާއި 5000 (ފަސްހާސް) އަކަފޫޓާއި ދެމެދުގައިވާނަމަ އެމެހެއްގެ ބިމުކުލި ހިނގަމުންދާ މަހުގެ 10 (ދިހައެއް) ވަނަ ދުވަހުގެ ނިޔަލަށް ނުދައްކާ ނަމަ 500.00 (ފައްސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރުން.

9.3.1.3 ބިމުގެ ބޮޑުމިން 5000 (ފަސްހާސް) އަކަފޫޓާއި 10000 (ދިހަހާސް) އަކަފޫޓާއި ދެމެދުގައިވާނަމަ އެމެހެއްގެ ބިމުކުލި ހިނގަމުންދާ މަހުގެ 10 (ދިހައެއް) ވަނަ ދުވަހުގެ ނިޔަލަށް ނުދައްކާ ނަމަ 750.00 (ހަތްސަތޭކަ ފަންސާސް) ރުފިޔާއިން ޖޫރިމަނާ ކުރުން.

9.3.1.4 ބިމުގެ ބޮޑުމިން 10000 (ދިހަހާސް) އަކަފޫޓާއި 15000 (ފަނަރަހާސް) އަކަފޫޓާއި ދެމެދުގައިވާނަމަ އެމެހެއްގެ ބިމުކުލި ހިނގަމުންދާ މަހުގެ 10 (ދިހައެއް) ވަނަ ދުވަހުގެ ނިޔަލަށް ނުދައްކާ ނަމަ 1000.00 (އެއްހާސް) ރުފިޔާއިން ޖޫރިމަނާ ކުރުން.

9.3.1.5 ބިމުގެ ބޮޑުމިން 15000 (ފަނަރަހާސް) އަކަފޫޓާއި 25000 (ފަންސަވިސް ހާސް) އަކަފޫޓާއި ދެމެދުގައިވާނަމަ އެމެހެއްގެ ބިމުކުލި ހިނގަމުންދާ މަހުގެ 10 (ދިހައެއް) ވަނަ ދުވަހުގެ ނިޔަލަށް ނުދައްކާ ނަމަ 1500.00 (އެއްހާސް ފައްސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރުން.

9.3.1.6 ބިމުގެ ބޮޑުމިން 25000 (ފަންސަވިސްހާސް) އަކަފޫޓަށްވުރެ ބޮޑުނަމަ، އެމެހެއްގެ ބިމުކުލި ހިނގަމުންދާ މަހުގެ 10 (ދިހައެއް) ވަނަ ދުވަހުގެ ނިޔަލަށް ނުދައްކާ ނަމަ 2500.00 (ދެހާސް ފައްސަތޭކަ) ރުފިޔާއިން ޖޫރިމަނާ ކުރުން.

9.3.2 މި އުސޫލުގެ ދަށުން އެއްބަސްވުން އެކުލަވާލެވިގެންދާ ބިންތަކުގެ ޖޫރިމަނާގެ ފައިސާ ހިސާބުކުރެވޭނީ ހިނގަމުންދާ މަހެއްގެ ނިޔަލަށެވެ.

9.3.3 މި އުސޫލުގެ ދަށުން ޖޫރިމަނާ ކުރެވިގެންދާ ހާލަތުގައި ބިމުކުލީގެ ފައިސާ ދައްކަންވާނީ ޖޫރުމަނާގެ ފައިސާ ހިމެނިގެންނެވެ. ޖޫރިމަނާގެ ފައިސާ ނުދައްކާނަމަ، އެފައިސާ ހޯދުމަށް އެފަރާތަކަށް ވަކިން ބިލުކުރެވޭނެއެވެ.

9.3.4 މި އުސޫލުގެ ދަށުން ކުރެވޭ ޖޫރިމަނާގެ ފައިސާ އެމަހެއްގައި ނުދައްކާނަމަ ޖެހިގެން އަންނަމަހުގައި ނުވަތަ ދެން އެންމެ އަވަހަށް އެފަރާތަކުން ދައްކާ ބިމުކުލީގެ ފައިސާއިން ނުދައްކާ އޮތް މަސް/މަސްތަކުގެ ޖޫރިމަނާ ފައިސާ އުނިކިރެވޭނެއެވެ.

ބުނެވިދިޔަ އުސޫލުގެ 12 ވަނަ މާއްދާ (ބިމުގެ އެއްބަސްވުން އާކުރުން ނުވަތަ މުއްދަތު އިތުރުކުރުން) ގެ 12.3 އަންނަނިވި ގޮތަށް އިސްލާހުކުރުން؛

12.3 މި އުޞޫލުގެ 12 ވަނަ މާއްދާގެ 12.1 ގައިވާގޮތުގެ މަތީން، ބިމުގެ މުއްދަތު އާކުރުމަށް ނުވަތަ އިތުރުކުރުމަށް ހުށަހެޅުމުން، މުއްދަތު އިތުރުކޮށްދެވޭނީ، ހުށަހެޅި ފަރާތުން މުއްދަތު އިތުރުކުރުމަށް ހުށަހެޅި ސަބަބުތަކަށް ރިޢާޔަތްކޮށްގެން އެސެސްމެންޓެއް ހެދުމަށްފަހު، އެ އެސެސްމެންޓްގެ ނަތީޖާ 60% (ފަސްދޮޅަސް އިންސައްތަ) އަށްވުރެ މަތިވެއްޖެނަމައެވެ.

ބުނެވިދިޔަ އުސޫލުގެ 12 ވަނަ މާއްދާ (ބިމުގެ އެއްބަސްވުން އާކުރުން ނުވަތަ މުއްދަތު އިތުރުކުރުން) އަށް އަންނަނިވި ކަންކަން އިތުރުކުރުން.

12.7 މި އުސޫލު ފާސްކުރުމަށްފަހު ކައުންސިލުގެ ފަރާތުން ތައްޔާރުކުރާ، މި އުސޫލުގައި ބަޔާންކުރެވިފައިވާ ބިންތަކުގެ އެއްބަސްވުންތައް އެކުލަވާލަންވާނީ މި އުސޫލާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

12.8 މި އުސޫލު އެކުލަވާލުމުގެ ކުރިން، ނުވަތަ އުސޫލަށް އިސްލާހެއް ގެނައުމުގެ ކުރިން ހެދިފައިވާ އެއްބަސްވުންތައް، މި އުސޫލާއި އެއްގޮތަށް އިސްލާހުކުރަން، ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކާއި ދެމެދު ހެޔޮނިޔަތުގައި މުއާމަލާތުކޮށް އެ ފުރުސަތު އެފަރާތްތަކަށް ފަހިކޮށްދެންވާނެއެވެ.

12.9 މި އުސޫލު ފާސްކުރުމާއި ހިސާބަށް ދޫކުރެވިފައިވާ ބިންތަކުގެ ކުއްޔާއި ޖޫރިމަނާގެ ފައިސާ ދައްކައި ހަލާސްކުރުމުން، މި އުސޫލުގައި ބަޔާންކުރެވިފައިވާ ގޮތަށް ޖޫރިމަނާގެ ފައިސާ ހިސާބުކުރުމަށްޓަކައި، ބިން ދޫކުރެވިފައިވާ މުއްދަތުގެ ނިޔަލަށް، އެފަރާތްތަކާއެކު އައު އެއްބަސްވުމެއް ހަދަންވާނެއެވެ. ނުވަތަ ހެދިފައިވާ އެއްބަސްވުމަށް އެމަންޑްމަންޓެއްގެ ގޮތުގައި އެ އިސްލާހު އިތުރުކުރަންވާނެއެވެ.

އުޞޫލަށް އަމަލުކުރަންފެށުން:

މި އުޞޫލަށް އަމަލްކުރަންފަށާނީ، ކައުންސިލުން މި އުޞޫލް ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ. 

06 އޮކްޓޫބަރު 2026
ހޯދާ