ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ޤުރުއާން މުބާރާތް 1448

ޤަވާއިދު އިސްލާޙްކުރެވިފައި

    ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "ކުޅުދުއްފުށީ ޤުރުއާން މުބާރާތް 1448" 2026 ނޮވެމްބަރ 05 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

    ވީމާ މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ދަރިވަރުން އެ ދަރިވަރަކު ބައިވެރިވާ ސްކޫލް ނުވަތަ ޤުރުއާން ކިލާސް މެދުވެރިކޮށް އޮންލައިން ފޯމް ފުރުއްވުން އެދެމެވެ. އަންހެނުންނަށް އަދި ފިރިހެނުންނަށް ޚާއްޞަ ބައިގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އަމިއްލަ ގޮތުން ފޯމް ފުރުއްވުން އެދެމެވެ.

ބައިވެރިވުމުގެ ސުންގަޑި:

ސްކޫލްތައް

15 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން

އަންހެނުންނަށް އަދި ފިރިހެނުންނަށް ޚާއްޞަ ބައި

15 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން

ޤުރުއާން ކިލާސް

19 އޮކްޓޯބަރ 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން

 ފޯމް ލިންކް: https://kunbuti.gov.mv/forms/34

 (ކުންބުޓި ޕޯޓަލް – ހިދުމަތްތައް – އާންމު - 1448ވަނަ އަހަރުގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް)

 ޤަވާޢިދު ލިންކް: https://shorturl.at/aDUBG

 މި މުބާރާތާބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527170 ނުވަތަ 1621 އަށެވެ.

 

04 އޮކްޓޫބަރު 2026
ހޯދާ