ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީ ބަރާސީލް އަވަށުގެ ޓާރފް ދަނޑުގެ ޓާރފް ބަދަލުކުރުމާއި ލައިޓް ބަދަލު ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

އިޢުލާން

ތިނަދޫ ސިޓީ ބަރާސީލް އަވަށުގެ ޓާރފް ދަނޑުގެ ޓާރފް ބަދަލުކުރުމާއި ލައިޓް ބަދަލު ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

  މިކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ސިޓީގެ ބަރާސީލް އަވަށުގެ ޓާރފް ދަނޑުގެ ޓާރފް ބަދަލުކުރުމާއި ލައިޓް ބަދަލު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވުނު އިޢުލާން ނަންބަރ: (IUL)415-PDS/415/2026/114 އާއި ގުޅިގެން ބީލަން ހުށަހެޅި ހަމައެކަނި ފަރާތުން ބީލަން އަނބުރާ ނަގާފައިވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

 ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުން 14 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ 13:30ގައި ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. މި އިޢުލާނާ އެކު މި މަސައްކަތުގެ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

 

ތާރީޚް

ދުވަސް

ގަޑި

ތަން

ބީލަން ހުށަހެޅުން

14 އޮކްޓޯބަރ 2026

ބުދަ

13:30

ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް


                        23 ރަބީޢުލްއާޚިރް 1448

04 އޮކްޓޫބަރު 2026
ހޯދާ