ދިވެހިރާއްޖެ
ޤާނޫނު ނަންބަރ 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" އާއި އެއްގޮތްވާގޮތުގެ މަތިން މިރަށުގައި ދިރިއުޅޭ ބިދޭސީންނާއިބެހޭ މަޢުލޫމާތު ހޯދައި ބިދޭސީންގެ ދަފްތަރު އަދާހަމަކުރުމަށް ބޭނުންވެއެވެ. އެގޮތުން ރަޖިސްޓްރީކޮށްގެންނާއި ރަޖިސްޓްރީ ނުކޮށް ގެންގުޅޭ ބިދޭސީންގެ މަޢުލޫމާތުވެސް މިދަފްތަރުގައި ހިމެނުމަށް ބޭނުންވެއެވެ.
ވީމާ، ބިދޭސީން ގެންގުޅޭ އެންމެހާ ފަރާތްތަކުން (އަމިއްލަފަރުދުން، ވިޔަފާރިތައް، ކުންފުނިތައް، ސަރުކާރުގެ އިދާރާތައް) އެފަރާތްތަކުގެ ބެލުމުގެދަށުގައިވާ ބިދޭސީން 08 އޮކްޓޫބަރު 2026 ވަނަ ދުވަހުގެ 11:00 ގެކުރިން މި އިދާރާއަށް ދުރުވެ ނުވަތަ [email protected] އަށް ލިޔެކިޔުންތައް މެއިލް ކުރައްވައިގެން ރަޖިސްޓްރީކުރުމަށް ދަންނަވަމެވެ.
ރަޖިސްޓަރީކުރުމަށް ބޭނުންވާ މަޢުލޫމާތު:
- ބިދޭސީގެ ޕާސްޕޯޓް ކޮޕީ
- ވާރކްޕާމިޓް ކާޑުގެ ކޮޕީ
- މަސައްކަތް ކުރާ ސައިޓް ނުވަތަ ކުރާ މަސައްކަތް
- ބިދޭސީމީހާ ގެންގުޅޭ ފަރާތުގެ ނުވަތަ އެމްޕްލޯޔަރގެ ދ.ރ.އ. ކާޑު ނަންބަރު، ނަން، އެޑްރެސް އަދި ފޯން ނަންބަރު
އަދި އެއްވެސްފަރާތަކުން އަލަށް ބިދޭސީއަކު ގެނެސްފިނަމަ، ނުވަތަ ގެންގުޅޭ ބިދޭސީއަކު ރަށުން ބޭރަށް ނުވަތަ އެހެން ރަށަކަށް ބަދަލުވެއްޖެނަމަ، ގިނަވެގެން 5 (ފަހެއް) ދުވަސް ތެރޭގައި މިއިދާރާއަށް އެންގެވުމަށް ދަންނަވަމެވެ. މިކަމުގައި ބިދޭސީން ގެންގުޅޭ އެންމެހާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން މިއިދާރާއަށް ދެއްވުންއެދެމެވެ.
