އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
އދ.ދިއްދޫ އިން ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތްތައް ވިލަރެސްކުރާ ކޮމެޓީއާއި ގުޅޭ

އިޢުލާނު

އދ.ދިއްދޫ އިން ބަންޑާރަ ގޯތި ދޫކުރުން

        އދ. ދިއްދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް، 16 ނޮވެންބަރު 2025 ގައި މި އިދާރާއިން ކުރި އިޢުލާނާއެކު ޢާންމުކުރެވުނު އުޞޫލުގެ ދަށުން، ގޯތި ދޫކުރުމުގެ މަސައްކަތްތައް ވިލަރެސްކޮށް އެކިއެކި މަރުޙަލާތައް ކުރިއަށް ގެންދިއުމަށްޓަކައި 11 މެންބަރުންގެ ވަގުތީ ކޮމެޓީއެއް ވަނީ އެކުލަވާލެވިފައެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު އިޞްލާޙާ ގުޅިގެން، ކައުންސިލްގެ މެންބަރުންގެ ޢަދަދު 5 އިން 3 އަށް ބަދަލުވެފައިވާތީ، މި ކޮމެޓީގެ މެންބަރުންގެ ޢަދަދު މިހާރު ވަނީ 9 މެންބަރުންނަށް ބަދަލުކުރެވިފައެވެ.                   

        ވީމާ، އދ. ދިއްދޫއިން ބަންޑާރަ ގޯތި ދޫކުރުމާ ގުޅޭ އެންމެހައި މަސައްކަތްތައް ދެން ކުރިއަށްދާނީ މި 9 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީން ކަމުގައި ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.                              

 

  

 

 

          23 ރަބީޢުލްއާޙިރު 1448

           04 އޮކްޓޫބަރ 2026

04 އޮކްޓޫބަރު 2026
ހޯދާ