ދިވެހިރާއްޖެ
އިޢުލާން
ކޯޓުން ބޭރުގައި ކައިވެނި ކޮށްދިނުމަށް އެދޭ ތަނަކީ އެކަށީގެންވާ ތަނެއްތޯ ބެލުމާއި، ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް ކަނޑައެޅުމުގައި އދ. އޮމަދޫ މެޖިސްޓްރޭޓް ކޯޓުން ޢަމަލުކުރާނެ ގޮތުގެ އުޞޫލު ޢާއްމުކުރުން
2026 އޮކްޓޫބަރު 1 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާ ގަވާއިދު ނަންބަރު: 2026/R-60 'މެޖިސްޓްރޭޓް ކޯޓުތަކުގެ ގަވާއިދު' ގެ 64 ވަނަ މާއްދާއާއި، ގަވާއިދު ނަންބަރު: 2022/R-99 (ޢާއިލާއާބެހޭ ގަވާއިދު) ގެ 6 ވަނަ މާއްދާގެ (ށ) އަދި އެ ގަވާއިދުގެ 8 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރު ލިބިގެން "ކޯޓުން ބޭރުގައި ކައިވެނި ކޮށްދިނުމަށް އެދޭ ތަނަކީ އެކަށީގެންވާ ތަނެއްތޯ ބެލުމާއި، ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް ކަނޑައެޅުމުގައި އދ. އޮމަދޫ މެޖިސްޓްރޭޓް ކޯޓުން ޢަމަލުކުރާނެ ގޮތުގެ އުޞޫލު" މި އިޢުލާނާއެކު ޢާއްމު ކުރީމެވެ.
މި އިޢުލާނު ނެރުމާއި ގުޅިގެން މިކޯޓުގެ ނަންބަރު: I2C-A/2023/12 (06 ޖޫން 2023) އިޢުލާނު ބާޠިލްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
