ދިވެހިރާއްޖެ
އިޢުލާނު
ތިރީގައި މިދަންނަވާ ތަކެތި، ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން 2026 އޮކްޓޫބަރ 10 ވާ ހޮނިހިރު ދުވަހު މިކޯޓުގެ ގޯތިތެރޭގައި އޮންނާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2026 އޮކްޓޫބަރ 10 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 10:00 އަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން މިކޯޓަށް ވަޑައިގެން ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، 2026 އޮކްޓޫބަރ 11 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ނީލަން ކިޔުނު ތަކެތީގެ ފައިސާ މާލީކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ބަނޑޭރި ޕޯރޓަލް https://bp.finance.gov.mv މެދުވެރިކޮށް ދެއްކުމަށްފަހު، 2026 އޮކްޓޫބަރ 11 ވާ އާދިއްތަ ދުވަހުގެ 14:00ގެ އެތަކެތި ގެންދަވަންވާނެއެވެ.
މި އިޢުލާނާއިއެކު ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ކިޔަން ފެށޭ އަގާއި، ނީލަމުގައި މިތަކެތި ވިއްކުމަށް ކަނޑައަޅާފައިވާ އަގު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
