މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މާލެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢާ ގުޅޭ
މާލެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ސުނާމީ ބިނާއިން ފެށިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަމައަށް މަގު ހެދުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އެހެންކަމުން، ސުނާމީ ބިނާއިން ފެށިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި ބަހައްޓާފައިވާ ތަކެއްޗާއި، ސުނާމީ ބިނާ ސަރަޙައްދުގައި އަޅާފައިވާ އުޅަނދުފަހަރު، 03 އޮކްޓޫބަރު 2026 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 11:00 ގެ ކުރިން ނެންގެވުމަށް ދަންނަވަމެވެ. އަދި މި ތާރީޚުގެ ފަހުން މަގުގައި ނުނަގައި ހުންނަ ތަކެއްޗާއި ސުނާމީ ބިނާ ސަރަޙައްދުގައި އަޅާފައިވާ އުޅަނދުފަހަރުތައް މި މިނިސްޓްރީގެ ފަރާތުން ނަގާނެ ވާހަކަ ދަންނަވަމެވެ.
30 ސެޕްޓެންބަރު 2026
ހޯދާ
