އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދިނުމަށް ޕޮއިންޓް ދިނުމުގެ އުސޫލަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުޅުވާލުމާއި ގުޅޭ،
އއ.ތޮއްޑޫއިން ބަންޑާރަގޯތި ދޫކުރުމަށް އެކުލަވާލި ކޮމެޓީގެ ފަރާތުން މަޝްވަރާކުރެވި ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ޕޮއިންޓް ދިނުމުގެ އުސޫލަށް ހިޔާލު ހޯދުމަށް އާންމުކޮށް އިޢުލާން ކުރަމެވެ.
ވީމާ، މިހާރު ތައްޔާރުކުރެވިފައިވާ އުސޫލަށް އެއްވެސް ހިޔާލެއް ހުށަހަޅަން ބޭނުންފުޅުވާނަމަ 08 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ ކުރިން މި އިދާރާއަށް ސިޓީއަކުން ހުށަހެޅުއްވުން އެދި ދެންނެވީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
30 ސެޕްޓެންބަރު 2026
ހޯދާ
