ދިވެހިރާއްޖެ
ޢިމާރާތްކުރުމުގެ ޤާނޫނު: (4/2017) ގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އާންމުންނާއި ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް އަހުލުވެރިކުރުމުގެ ގޮތުން އޮންލައިން ޕްރޮގްރާމްތަކެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މި ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިހިނގަމުންދާ އަހަރުގެ 2 ބަޔަކަށް ބަހާލައިގެންނެވެ.
މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ މިސެޝަންތަކުގެ މައިގަނޑު މަޤްސަދަކީ ޢިމާރާތްކުރުމުގެ ޤާނޫނާއި، މިޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އާންމުންނާއި ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އަހުލުވެރިކުރުމެވެ. މި ސެޝަންތަކުގައި އިމާރާތްކުރުމުގެ މަސައްކަތާއި ގުޅުންހުރި ހުއްދަތައް ދިނުމާއި، ކުރެހުން ފާސްކުރުމާއި އަދި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު އަމަލުކުރަން އޮންނަ ގޮތުގެ މަޢުލޫމާތުތައް ފޯރުކޮށްދެވޭނެއެވެ. މި އަހަރު ސެޝަނުގެ ދެވަނަ ބައި ބޭއްވުމަށް ހަމަޖެހިފައިވަނީ 11 އޮކްޓޯބަރު 2026 ފެށިގެން 15 އޮކްޓޯބަރު 2026 ގެ ނިޔަލަށެވެ.
އެހެންކަމުން، މި އަހަރުގެ ދެވަނަ ބައިގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ވާހަކަ ދަންނަވަމެވެ. އަދި މި ޕްރޮގްރާމުގެ ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ ތާވަލެއް މި ޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންނެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން، ސެޝަން ފެށުމުގެ އެންމެ ލަސްވެގެން އެއްދުވަސް ކުރިން ތިރީގައިވާ ގޫގުލް ފޯމް ލިންކުން ރެޖިސްޓްރޭޝަން ފުރިހަމަކުރެއްވުމަށް އެދި ދެންނެވީމެވެ. އިތުރު މަޢުލޫމާތެއް ބޭނުންވެލަށްވާނަމަ 7256557 ފޯނު ނަންބަރާއި ގުޅުއްވުމަށް ނުވަތަ [email protected] އަށް އީ-މެއިލްކުރެއްވުންއެދެމެވެ.
ފޯމް ލިންކް: https://forms.cloud.microsoft/r/0RFF7rrkQN?origin=lprLink
ކިއު އާޜް ކޯޑް:
