ދިވެހިރާއްޖެ
މިރަށު ބަނދަރު ސަރަޙައްދުގައި ޤާއިމުކޮށްފައިވާ ފެރީޓަރމިނަލް ހަޓް މިކައުންސިލުގެ "ފެރީޓަރމިނަލް ހަޓް ކުއްޔަށްދިނުމުގެ މަޢުލޫމާޓު ޝީޓު'' ގައިވާ މަޢުލޫމާތާއި އެއްގޮތަށް، ކުއްޔަށް ނަންގަވައި ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މި ފެރީޓަރމިނަލް ހަޓް ކުއްޔަށް ދިނުމަށް ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ޤާނޫނު ނަންބަރު: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށެވެ.
މިމަސައްކަތަށް އެދި ކުރިމަތިލެވޭނީ މިކައުންސިލުގެ " ފެރީޓަރމިނަލް ހަޓް ކުއްޔަށްދިނުމުގެ މަޢުލޫމާޓު ޝީޓު" ގެ 4 ވަނަ ނަންބަރު "ކުއްޔަށް ހިފާ ފަރާތުގެ ޝަރުތުތައް" ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ފޯމް ގެޒެޓް ކޮށްފައިވާ އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ވާނެއެވެ. އިތުރު މަޢުލުމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6520027 އަށް ގުޅުއްވުންއެދެމެވެ.
ވީމާ، ފެރީޓަރމިނަލް ހަޓް ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، އަންދާސީ ހިސާބު ހުށަހެޅުމަށް މިއިދާރާއިން ދޫކުރާ "އަގު ހުށައަޅާ ފޯމް" ފުރިހަމަކުރެއްވުމަށްފަހު، 12 އޮކްޓޯބަރ 2026 ވާ ހޯމަ ދުވަހުގެ 11:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމަށް ވަޑައިގެންދެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާއިއިރު، އަގު ހުށަހަޅާ ފޯމާއި އެހެނިހެން ލިޔެކިޔުންތައް އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެއް އަގު ހުށަހަޅާ ފޯމެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮން ކަމަކަށް ހުށަހަޅާ މަސައްކަތެއްކަން ލިޔެފައި އޮންނަންވާނެއެވެ. ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
