ދިވެހިރާއްޖެ
ހދ.ފިނޭގައި ދިގުމުއްދަތައް ދަނޑުވެރިކަން ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް ދަނޑުބިން ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލަމެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ މިރަށު އާމަގުންނާއި ޒިޔާރަތްމަގުން 100،000.00(އެއްލައްކަ) އަކަފޫޓުގެ 02 ބިމާއި 80،000 (އަށްޑިހަ ހާސް) އަކަފޫޓުގެ 01 ބިމެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން އަގު ހުށަހަޅާ ފޯމް ހުށަހެޅުއްވުން އެދެމެވެ.
|
އަގު ހުށަހަޅާ ފޯމު ހުށަހަޅަންޖެހޭ ތަން |
ދުވަސް |
ތާރީޙް |
ގަޑި |
|
ފިނޭ ކައުންސިލް އިދާރާ |
ހޯމަ |
12 އޮކްޓޯބަރ 2026 |
10:00 |
މި ދަނޑުބިންތަކަށް އެދި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންނަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެއް އަގު ހުށަހަޅާ ފޯމެވެ. އަންދާސީ ހިސާބު ހުށަހަޅާއިއިރު، އަގު ހުށަހަޅާ ފޯމް އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮން ކަމަކަށް ހުށަހަޅާ ބީލަމެއްކަން ލިޔެފައި އޮންނަންވާނެއެވެ. އަދި އަންދާސީ ހިސާބާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ހޯދުމަކީ އަންދާސީ ހިސާބަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
މި ކަމާ ގުޅޭ މަޢުލޫމާތު ޝީޓާއި އަގު ހުށަހަޅާ ފޯމް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. ވީމާ، މިކައުންސިލްގެ އިދާރާއަށް ވަޑައިގެން އަގު ހުށަހަޅާ ފޯމް ހުށަހެޅުއްވުން އެދެމެވެ.
