| 
 ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް. 
 | 
- ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓް ރިޕޯޓް ހެދުމާއި، މުސާރަ ޝީޓް ތައްޔާރުކުރުން.
 
- ބިލްތައް އެންޓަރކޮށް، އޯޑަރު ފޯމް އެޓޭޗްކުރުން.
 
- ބިލްތަކުގެ ވައުޗަރ ހެދުމާއި، ފައިލްކުރުން.
 
- ޕޭމެންޓް ވައުޗަރތައް، އެސް. އޭ. ޕީ. އަށް އެންޓަރކުރުމާއި، ޕޯސްޓްކުރުވުން.
 
- ސަރކިއުލަރތައް އަޕްލޯޑް ކުރުވުން.
 
- ގަވަރމެންޓް އީ-ލެޓަރ މެނޭޖްމެންޓުގެ ކަންތައް ބެލުން.
 
- ސްޓޮކަށް ބޭނުންވާ ތަކެތި ހޯދުމާއި، ސްޓޮކް ބެލެހެއްޓުން.
 
  | 
| 
 އިތުރު ޢިނާޔަތްތައް: 
 | 
 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން އެލަވަންސް ދެވޭނެއެވެ. 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
 | 
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
 
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
 
  | 
| 
 އިންޓަވިއު ކުރުން: 
 | 
- މި  މަޤާމަށް  މީހަކު  ހޮވުމަށް  ބާއްވާ  އިންޓަވިއު  އޮންނާނެ  ތާރީޚާއި  ތަނާއި  ގަޑި،  އިޢުލާނުގެ  މުއްދަތު  ހަމަވާތާ، މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.
 
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.
 
- މި މަޤާމަށް އިންޓަވިއު ކުރެވޭނީ، މަޤާމުގެ ޝަރުޠު ހަމަވާ ފަރާތްތަކާއެވެ. މި މަޢުލޫމާތުތައް ފުރިހަމަނުވާ އެޕްލިކޭޝަން ފޯމު ބާޠިލު ކުރެވޭނެއެވެ.
 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މާއުނގޫދޫ ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)
 
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކުރަން ޖެހޭ ސެޓުފިކެޓުތައް އެކްރެޑިޓްކޮށްފައި)
 
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 
- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 
- ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައި އޮތް މަސްއޫލިއްޔަތު އެނގޭނެ ލިޔުމެއް ހުށަހެޅުން.
 
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
 
  | 
| 
 ތަކެތި ހުށަހަޅަންޖެހޭ އޮފީސް: 
 | 
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު މާއުނގޫދޫ ސްކޫލުގެ އޮފީހަށެވެ.
 
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ފެބުރުވަރީ 29 ވާ ހޯމަ ދުވަހުގެ 14:00 އެވެ.
 
  | 
| 
 އިތުރު މަޢުލޫމާތު: 
 | 
 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ށ. މާއުނގޫދޫ ސްކޫލުގެ 6540554 ނަންބަރު ފޯނަށް ރަސްމީ ގަޑީގައި ގުޅުން އެދެމެވެ. 
 |