ދިވެހިރާއްޖެ
އެފް.އޭ.އެމް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ދުވާފަރު ތަމްސީލުކުރާ ޓީމް އަދި ސަޕޯޓަރުން ދަތުރުތައްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި ބިޑްގައި ރަޖިސްޓްރީ ކުރުމަށް 28 ސެޕްޓެމްބަރ 2026 ވާ ހޯމަ ދުވަހުން ފެށިގެން 04އޮކްޓޯބަރ 2026 އާދިއްތަ ދުވަހުގެ 11:00 ގެ ކުރިން މިއިދާރާގެ ބީލަންވެރިން ރަޖިސްޓަރ ކުރާ ޝީޓް ފުރުއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ރަޖިސްޓްރީވާން އެދޭ ފޯމް ފުރުއްވުމަށްފަހު މިއިދާރާގެ ރިސެޕްޝަނަށް ހުށައަޅުއްވައި ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މަތީގައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށްށެވެ.
|
|
ތާރީޚް |
ދުވަސް |
ގަޑި |
|
ރަޖިސްޓްރޭޝަން |
04 އޮކްޓޯބަރ 2026 |
އާދިއްތަ |
11:00 |
|
އަންދާސީ ހިސާބު ހުށަހެޅުން |
08 އޮކްޓޯބަރ 2026 |
ބުރާސްފަތި |
11:00 |
ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފޯމް މި އިދާރާއިން ލިބިލައްވާނެކަމުގައި ދަންނަވަމެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.
