ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިކޮށި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ކޮންޓްރެކްޓް އުޞޫލުން މިރަށު ކުނި ކޮށި ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

 ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 4 އޮކްޓޯބަރ 2026 އާދިއްތަ ދުވަހުގެ 10:30 ގެ ކުރިން ރަޖިސްޓްރޭޝަން ފުރިހަމަ ކުރުން އެދެމެވެ. ރަޖިސްޓްރީ ވުމަށް ތިރީގައިވާ ލިންކް ބޭނުން ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް އަދި ރަޖިސްޓްރޭޝަން ފޯރމް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. ނުވަތަ މަތީގައިވާ ތާރީޚްގެ ކުރިން ރަސްމީ ގަޑީގައި މިކައުންސިލަށް ޙާޟިރުވެ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.

ރެޖިސްޓްރީ ލިންކް: https://forms.cloud.microsoft/r/cLnndNp5nS

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ތާރީޚް

އަންދާސީހިސާބު ހުށަހެޅުމަށް

4 އޮކްޓޯބަރ 2026 އާދިއްތަ ދުވަހުގެ 10:30

6 އޮކްޓޯބަރ 2026 އަންގާރަ ދުވަހުގެ 11:00

އަދި ދަންނަވަމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ އެއްވެސް ފަރާތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6780034 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

27 ސެޕްޓެންބަރު 2026
ހޯދާ