މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ މަގުތަށް އަލިކުރުމަށް ޖަހާފައިވާ މަގު ބައްތިތަށް މަރާމާތުކޮއްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

އިޢުލާން

 

 

ރަށުގެ މަގުތަށް އަލިކުރުމަށް ޖަހާފައިވާ މަގު ބައްތިތަށް މަރާމާތުކޮއްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

 

            ކައުންސިލުން ރަށުގެމަގުތަށް އަލިކުރުމަށް ޖަހާފައިވާ މަގު ބައްތިތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި ނަންބަރު

42/2026/300/(IUL)300-EC (31 އޯގަސްޓް 2026( ޢިއުލާންއަށް ހުށަހަޅާފައިވާ އަގުބޮޑުވުމާއި ގުޅިގެން އެއިޢުލާން ބާތިލުކޮށް އަލުން އިޢުލާންކުރަމެވެ. މަރާމާތުގެ ތެރޭގައި ފުލޭންޖު ނުލާ ދަނޑިތަކުގައި ފުލޭންޖުލުމާއި، ފުލޭންޖު ހުރި ދަނޑިތަކުގައި ފުލޭންޖު ބަދަލުކުރުމާއި، ފުލޭންޖުނެތް ދަނޑިތަކުގައި ބުޑުއެޅުމާއި، އަދި ނަގާބުޑުތަށް ނައްތާލުމާއި، ހުރިހާ ދަނޑިއެއްގައި އަންޑަކޯޓުލުމާއި، އަންޑަކޯޓު މަތިން މެޓަލް ޕޭންޓުލުން ހިމެނެއެވެ.

           ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ރަސްގެތީމު ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ރަޖިސްޓްރީ ކުރުން

27 ސެޕްޓެމްބަރ 2026 އިން 04 އޮކްޓޯބަރ 2026 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު ފަހު 12:00 އަށް ރަޖިސްޓްރީވުމަށް ރަސްގެތީމު ކައުންސިލް އިދާރާގެ މެއިލް އެޑްރެސް: [email protected] އަށް މެއިލް ކޮށްގެނެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

04 އޮކްޓޯބަރ 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގައި ރަސްގެތީމު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން

12 އޮކްޓޯބަރ 2026 ވާ ހޯމަ ދުވަހުގެ 13:00 ގައި ރަސްގެތީމު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ.

27 ސެޕްޓެންބަރު 2026
ހޯދާ