ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ސްކޫލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު-ޕާޓިޝަން ޖެހުން

އިޢުލާން

އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު

 

މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް، ސާރވަރ ރޫމް ވަކިކުރުމަށް ޕާޓިޝަނެއް ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2026 ސެޕްޓެމްބަރ 30 ވާ ބުދަ ދުވަހުގެ 13:00 ގެ ނިޔަލަށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމެއް 2026 ސެޕްޓެމްބަރ 28 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މިސްކޫލްގައި އޮންނާނެއެވެ.

26 ސެޕްޓެންބަރު 2026
ހޯދާ