މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޅައިމަގު ކައުންސިލް ޤުރުއާން މުބާރާތް 2026

ޅައިމަގު ކައުންސިލްގެ ޤުރުއާން މުބާރާތް 2026 ނޮވެމްބަރު 13 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2026 ނޮވެމްބަރ 01 ވާ އާދީއްތަ ދުވަހުގެ 14:00 ގެކުރިން "ޅައިމަގު ކައުންސިލްގެ ޤުރުއާންމުބާރާތުގެ އުޞޫލު 2026" ޖަދުވަލު 1 ގައިވާ ފޯމު ފުރިހަމަ ކުރައްވައި މިއިދާރާއަށް ފޯމު ހުށަހެޅުވުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން  އެދެމެވެ. އަދި ގޫގުލް ފޯމު ލިންކު މެދުވެރިކޮށް ހުށަހެޅުމުންވެސް މިމުބާރާތުގަ ބައިވެރިކުރުމުގެ އިންތިޒާމު ހަމަޖެހިފައިވެއެވެ.

"ޅައިމަގު ކައުންސިލްގެ ޤުރުއާންމުބާރާތުގެ އުޞޫލު 2026" މިއިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.

ގޫގުލް ފޯމު ލިންކު:

https://forms.gle/KXPY3pNHnB6im5dP6

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ސެޕްޓެންބަރު 2026
ހޯދާ