ދިވެހިރާއްޖެ
އިޢުލާން
ކުޅުދުއްފުށީ ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް ގުޅިގެން ހިންގާ ތުތި ބޯވަދިލަމަސް ބޭނުމުގެ ތަމްރީން ގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައެވެ.
މި ތަމްރީނަކީ، ދިވެހިރާއްޖޭގެ ކަނޑުގެ މުއްސަނދިކަން އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށް، މާކަނޑުގެ ފުން ސަރަހައްދުތަކުގައި ދިރިއުޅޭ ތުތި ބޯވަދިލަމަހުގެ (ޑައިމަންޑް ބެކް ސްކުއިޑް) މަސްވެރިކަން އާލާކޮށް، މި މަސްވެރިކަން ދަސްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އާމްދަނީ ހޯދުމުގެ ފުރުސަތުތައް ތަނަވަސްކޮށްދީ، ދިވެހި މަސްވެރިކަން ކުރިއަރުވައި، ރައްޔިތުންގެ މާލީ ތަނަވަސްކަމާއި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި ހިންގޭ ތަމްރީނެކެވެ.
މިއީ އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމެކެވެ. މި ތަމްރީނު ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުކޮޅުގައެވެ. އަދި ތަމްރީނު ބާއްވާނެ ސީދާ ތާރީޚާއި ތަން، ބައިވެރިވުމަށް ރަޖިސްޓްރީކުރައްވާ ފަރާތްތަކާ ފަހުން ހިއްސާކުރެވޭނެއެވެ.
ވީމާ، މި ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 އޮކްޓޫބަރު 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ވެލެއްވުން އެދެމެވެ.
ލިންކް: https://forms.cloud.microsoft/r/pnJ3a8SptV
12 ރަބީޢުލްއާޚިރު 1448
24 ސެޕްޓެމްބަރ 2026
