ދިވެހިރާއްޖެ
(IUL)JS-A/JS/2026/138 ނަންބަރު
|
އިޢުލާނު
|
|||||||||||||||||
|
މަޤާމު: |
ސްކޫލް އެޑްމިނިސްޓްރޭޓަރ |
||||||||||||||||
|
މަޤާމުގެ ނަންބަރު: |
J-437071 |
||||||||||||||||
|
ބޭނުންވާ އަދަދު: |
01 (އެކެއް) |
||||||||||||||||
|
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||||||||||
|
މަޤާމުގެ ރޭންކު: |
ރޭންކް 8 - ސްޓެޕް 1 |
||||||||||||||||
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ޖަމާލުއްދީން ސްކޫލް ، ކ. މާލެ |
||||||||||||||||
|
މުސާރަ: |
11620.00 ރުފިޔާ |
||||||||||||||||
|
މަޤާމުގެ އެލަވަންސް: |
5420.00 ރުފިޔާ |
||||||||||||||||
|
ހާޒިރީ ޢިނާޔަތް: |
145.00ރުފިޔާ (ހާޒިރުވާ ކޮންމެ ދުވަހަކަށް) |
||||||||||||||||
|
އެހެނިހެން އެލަވަންސް: |
|
||||||||||||||||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1-ސްކޫލްގެ އިދާރީ ހިންގުމާއި ގުޅިގެން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތަކާގުޅޭ މަސައްކަތްތައް ސްކޫލްގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ކުރުވައި ބެލެހެއްޓުން. 2-ސްކޫލުގައި ހިންގާ އެންމެހައި ޙަރަކާތްތައް ފަހިކަމާއެކު ކުރިޔަށް ގެންދެވޭނެ ގޮތުގެމަތިން ސްކޫލްގެ މުވައްޒަފުން ލައްވައި މަސައްކަތް ކުރުވުން. 3-އެކަޑަމިކް މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒް ކުރުމާއި އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ ފޯމުތައް ފުރައި ނިންމަންޖެހޭ ތާރީޚަށް ނިންމުން . 4-އެކަޑަމިކް މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުންގެ ވަޒީފާ ބަޔާން އަދާހަމަކޮށް ބެލެހެއްޓުމާއި، ކޮންމެ އަހަރެއްވެސް ފެށުމުން އެ މުވައްޒަފުންގެ ޗުއްޓީ ތާވަލު އެކުލަވާލުމާއި އެ މުވައްޒަފުންގެ އިތުރުގަޑީގެ މަސައްކަތްތައް ބެލެހެއްޓުން. 5-ސްކޫލުގެ ވަޒީފާތަކަށް މީހުން ހޮވުމާއި، ވަޒީފާ ބަދަލުކުރުމާއި، ވަޒީފާއިން ވަކިކުރަންޖެހޭ މުވައްޒަފުން ވަކިކުރުންފަދަ މުވައްޒަފުންނާގުޅޭ މަސައްކަތްތައް ކުރުމާއި، އިޞްލާޙީ ފިޔަވަޅު އަޅަންޖެހޭ މުވައްޒަފުންނާމެދު ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ ދަށުން އިޞްލާޙީ ފިޔަވަޅުއެޅުން 6-ސްކޫލްގެ އަހަރީ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ތާރީޚަށް ފޮނުވުން. 7- ސްކޫލު މާޙައުލަކީ ދަރިވަރުންނަށް ކިޔެވުމަށްފަހު، އަދި ޞިއްޙީގޮތުން ރައްކާތެރި ތަނެއްކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މުވައްޒަފުންނާ ގުޅިގެން ކުރަމުން ގެންދިއުމާއި ، ސްކޫލުން ކަނޑައަޅާފައިވާގޮތަށް އިންޓަވަލް ނުގެންނަ ދަރިވަރުންނަށް އިންޓަވަލް ފޯރުކޮށްދިނުމަށްޓަކައި އިދާރީ މަސައްކަތްތައް ވިލަރެސްކުރުން. 8- ސީއެސް ވިއުގަރ އަދި އެސްއޭޕީ ސިސްޓަމުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން. 9- ސްކޫލްގެ އިމާރާތްތަކުގެ ތަންތަނުގެ ތަޅުދަނޑިތަކުގެ ރަޖިސްޓަރީ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން 10- ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ސެކިއުރިޓީ ބަލަހައްޓާ ފަރާތުން ސެކިއުރިޓީ ބަލަހައްޓަމުންގެންދާގޮތް ދުވަހުން ދުވަހަށް މޮނިޓަރކުރަމުން ގެންދިއުން. 11- ސްކޫލުގެ ކިޔަވައިދިނުމާއި އެކިއެކި ޙަރަކާތްތަކަށް ދަތިނުވާނެހެން ސްކޫލުގެ ރިސޯސް ރޫމްތައް ހުޅުވާ ލެއްޕޭނެ އިންތިޒާމު ހަމަޖެއްސުން 12- ޢިމާރާތްތަކާއި ގޯތި ކުނިކަހާ ފޮޅާ ސާފުކުރުމާއި، ކުރަންޖެހޭ ކުދިކުދި މަރާމާތުތައް ސްކޫލްގެ މުވައްޒަފުންގެ މައްޗަށް ބަހާލައިގެން ކުރުވައި އެކަން ބެލެހެއްޓުން. 13- ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުން. 14- މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން ކޮންމެ އަހަރަކުވެސް ކުރިއަށް އޮންނަ 3 އަހަރަށް ސްކޫލުގެ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރުން. 15- ބަޖެޓްގައި ނުހިމެނޭގޮތުން ސްކޫލްގައި އޮންނަ ދަރިވަރުންގެ ފަންޑުގެ ފައިސާއާއި، އެހެނިހެން ފައިސާގެ އެކައުންޓްތަކުގެ މަސައްކަތް މާލިއްޔަތުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ސްކޫލްގެ މުވައްޒަފުން ލައްވައި ކުރުވައި ބެލެހެއްޓުން. 16- ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމިއްޔާގެ ފައިސާގެ ކަންތައްތައް (ޕީ.ޓީ.އޭ ގެ ކޯޑިނޭޓަރ އަދި ޕީ.ޓީ.އޭ އާ މަޝްވަރާކޮށްގެން) މާލިއްޔަތުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކުރިޔަށްދޭތޯ ބަލައި، އެކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުން. 17- މުވައްޒަފުންގެ މުސާރަޝީޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، މަސް ނިމުމުން މުވައްޒަފުންނަށް މުސާރަލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ސަރުކާރުގެ އޮފީސްތަކަށް މަހުން މަހަށް ފޮނުވަންޖެހޭ ފައިސާއާއި ގުޅުންހުރި އެންމެހައި ރިޕޯޓްތައް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖެއްސުން. 18- ސްކޫލްގެ ފަރާތުން ހޯދަންޖެހޭ ތަކެއްޗާއި ކުއްޔަށް ހިފަންޖެހޭ ތަންތަން ކަނޑައެޅިފައި އޮންނަ އުޞޫލާ އެއްގޮތަށް ހޯދުމަށް އިޢުލާނުކޮށް ބިޑް އިވެލުއޭޓްކުރުމާއި އެގްރީމަންޓް ތައްޔާރުކުރުން. އަދި ސްކޫލުން އެކިފަރާތްތަކާއެކު ކުރެވިފައިވާ އެގްރީމެންޓްތަކާ އެއްގޮތަށް މަސައްކަތްކުރޭތޯ ބަލައި ޗެކްކުރުން. 19- ސްކޫލްގެ އިމާރާތްތަކާއި ތަކެތި އެކި ފަރާތްތަކަށް ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން. 20- ސްކޫލަށް ހޯދާ ތަކެތީގެ ސްޓޮކް ބެލެހެއްޓުމާއި ސްކޫލުގައި ޚިދުމަތް ދިނުމަށް ދަތިނުވާނޭ ގޮތުގެމަތިން އެތަކެތި ހޯދުމުގެ އިންތިޒާމުތައް ހަމަޖެއްސުން. 21- ސްކޫލުގެ މުވައްޒަފުންނާއި ދަރިވަރުންނަށް ޚިދުމަތް ދިނުމަށްޓަކައި ސްކޫލަށް ހޯދާ ތަކެއްޗާއި ޚިދުމަތްތަކާ ގުޅިގެން އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމާއި، މަހުންމަހަށް ބަޖެޓް އަދާހަމަކޮށް ބެލެހެއްޓުން. 22- ސްކޫލުގެ ޢިމާރާތާއި ފަރުނީޗަރ މަރާމާތު ކުރަންޖެހޭ ޙާލަތްތަކުގައި، ސްކޫލުގެ ބަޖެޓްގެ ތެރެއިން ކުރެވެން ހުންނަ މަރާމާތުތައް ކުރުމުގެ މަސައްކަތްތައް ބެލެހެއްޓުން. އަދި ސްކޫލުގެ ބަޖެޓްތެރެއިން ޚަރަދުކުރަން ދަތިވާ މަރާމާތުތައް ކުރުމަށް ބޭނުންވާ ޕްރޮޕޯޒަލްތައް ތައްޔާރުކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ހުށަހަޅައިގެން މަރާމާތުކުރުމަށް މަސައްކަތްކުރުން. 23- ސްކޫލްގެ އިމާރާތްތަކާއި، ހަރުމުދަލަށް ލިބޭ ގެއްލުންތައް (ބިޑްކޮށްގެން ކުރަންޖެހޭވަރުގެ) ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން މަރާމާތު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި އެކަންކަން ބެލެހެއްޓުން. އަދި ނީލަމުގެ މަސައްކަތާއި ނައްތާލަންޖެހޭ ތަކެތީގެ މަސައްކަތް ހަވާލުކުރެވިފައިވާ މުވައްޒަފުން ލައްވައި ކުރުވައި ބެލެހެއްޓުން.
|
||||||||||||||||
|
މަޤާމުގެ ޝަރުޠުތައް: |
މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން. ނުވަތަ މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
||||||||||||||||
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
ޕްރިފަރޑް ޑިސިޕްލިންގ: ނެތް
މަޤާމުގެ ކޯ ޑިސިޕްލިންތައް: ނެތް
|
|||||||||||||||||
|
ގުޅޭ ވަޒީފާގެ ދާއިރާ/ ދާއިރާތައް:
|
|||||||||||||||||
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6-މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
||||||||||||||||
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
||||||||||||||||
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 8 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހު ގެ 12:00 ގެ ކުރިން، ޖަމާލުއްދީން ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، މެއިލް ކުރެއްވުމަށް ދަންނަވަމެވެ. |
||||||||||||||||
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
||||||||||||||||
|
އިންޓަރވިއު އަދި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި އިމްތިޙާން އޮންނާނީ 14 އޮކްޓޫބަރު 2026 އާއި 29 އޮކްޓޫބަރު 2026 އާއި ދެމެދު، ޖަމާލުއްދީން ސްކޫލް ގައެވެ.
|
||||||||||||||||
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހިސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||||||||||
|
މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3011773 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ " (https://www.csc.gov.mv/Policy/Index/51)އިން ލިބެން ހުންނާނެއެވެ. |
|||||||||||||||||
24 ސެޕްޓެންބަރު 2026
