ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ލޯގޯ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ ލޯގޯ ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދުން

 

             މިއިދާރާއިން ބާއްވާ މުބާރާތްތަކާއި، އެކިއެކި ރަސްމިއްޔާތުތަކުގައި އަދި ރަސްމީ ލިޔެކިޔުންތަކުގައި ބޭނުންކުރާނެ ލޯގޯއެއް ފަރުމާ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަމްބަރ  (IUL)409/409/2026/49 ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

            ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 އޮކްޓޯބަރ 2026 ވާ އަންގާރަ ދުވަހުގެ 11:00 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

            ބީލަމާއިބެހޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއިއެކު ހީރަސް ކުރެވިފައިވާނެއެވެ. މިމަސައްކަތާއި ގުޅޭ ބީލަން ހުށަހަޅަން ޖެހޭ ތަން އަދި ތާރީޚް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ވަގުތު

ބީލަން ހުށަހެޅުން

ގއ.ނިލަންދޫ ކައުންސިލްގެ އިދާރާ

06.10.2026

އަންގާރަ

11:00

             މިއިޢުލާނާއި ގުޅިގެން ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. ނުވަތަ 4000012 ނަމްބަރަށް ގުޅުއްވުން އެދެމެވެ. މަޢުލޫމާތު ޝީޓާއި އެއްގޮތަށް ބީލަން ހުށަހަޅުއްވާފައިނުވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

             13  ރަބީޢުލްއާޚިރު   1448

             24   ސެޕްޓެމްބަރ  2027 

24 ސެޕްޓެންބަރު 2026
ހޯދާ