މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް އިންޓީރިއަރ ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް (ދެވަނަ އިޢުލާން)

މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް އިންޓީރިއަރ ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް (އިޢުލާން ނަންބަރު (IUL)304-CA/304/2026/58) (22 ޖޫން 2026) ކުރި އިޢުލާނަށް މަސައްކަތް ޙަވާލުކުރި ފަރާތުން މަސައްކަތް ނިންމާފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ. ވީމާ،ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލީމެވެ. މި ބިޑްގައި ރަޖިސްޓްރީ ކުރުމަށް 24 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުން ފެށިގެން 01 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ނިޔަލަށް މިއިދާރާގެ ބީލަންވެރިން ރަޖިސްޓަރ ކުރާ ޝީޓް ފުރުއްވުން އެދެމެވެ. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ރަޖިސްޓްރީވާން އެދޭ ފޯމް ފުރުއްވުމަށްފަހު މިއިދާރާގެ ރިސެޕްޝަނަށް ހުށައަޅުއްވައި ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected]  އަށް ފޮނުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މަތީގައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށްށެވެ.

 

ތާރީޚް

ދުވަސް

ގަޑި

ރަޖިސްޓްރޭޝަން

01 އޮކްޓޯބަރ 2026

ބުރާސްފަތި

10:00ގެ ކުރިން

އަންދާސީ ހިސާބު ހުށައެޅުން

06 އޮކްޓޯބަރ 2026

އަންގާރަ

10:00

 

ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ ސުންގަޑީގެ ނިޔަލަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. ރަޖިސްޓްރީ ކުރުމަށް ހުށަހަޅުއްވާ ފޯމް މި އިދާރާއިން ލިބިލައްވާނެކަމުގައި ދަންނަވަމެވެ.

  މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށައެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

13 ރަބީޢުލްއާހިރު 1448 

24 ސެޕްޓެންބަރު 2026
ހޯދާ