ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 05 ވަނަ ދައުރުގެ 015 ވަނަ ޢާންމު ޖަލްސާގެ ނިންމުން އާއްމުކުރުން

ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 05 ވަަނަ ދައުރުގެ 015 ވަނަ ޢާންމު ޖަލްސާގެ ނިންމުން

ތަން:  ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް

ތާރީހް: 06 ރަބީޢުލްއައްވަލް 1448 ، 19 އޯގަސްޓް 2026  ބުދަ

ގަޑި: ހެނދުނު08:30

އެޖެންޑާ

  1. 12 އޯގަސްޓް 2026 އިން 18 އޯގަސްޓް 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ޙިއްސާކުރުން
  2. މިނިސްޓްރީ އޮފް އިންފުރާސްޓްރަކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ނަމްބަރ 491/385/2026/9 ( 11 އޯގަސްޓް 2026 ) ސިޓީގައިވާ " ރަށްރަށުގައި ޢިމާރާތް ކުރުމުގެ ހުއްދަ ދޫކުރުމުގެ މަޢްލޫމާތު ދިނުމާ ގުޅޭ ގޮތުން  " ލ. ފޮނަދޫގައި 2026 ސެޕްޓެމްބަރ 07 ން 10 ބާއްވާ ވާރކް ޝޮޕްގައި މި އިދާރާއިން ބައިވެރި ކުރާ ދެ ބޭފުޅުންގެ ދަތުރު ޚަރަދަށް މީހަކަށް -/5460 ރުފިޔާގެ ރޭޓުން -/10920 ރުފިޔާގެ ބަޖެޓް ފާސްކުރުން.
  3. ކައުންސިލް އިދާރާގެ ސްޓޯރޭޖް ސަރވަރުގައި މިހާރު ހުރި 2 ޓީބީގެ ހާޑް ޑްރައިވް ފުރިފައިވާތީ، ސްޓޯރޭޖް އިތުރުކުރުމަށްޓަކައި 8 ޓީބީގެ ހާޑް ޑްރައިވްއަކަށް ބަދަލުކުރުމަށާއި، ސަރވަރުގައި ހުރި ޑޮކިއުމެންޓްތައް ރައްކާތެރިކަމާއެކު އައު ހާޑް ޑްރައިވްއަށް ބަދަލުކުރުމުގެ މަސައްކަތަށް -/16,366.00 (ސޯޅަ ހާސް ތިންސަތޭކަ ފަސްދޮޅަސް ހަ) ރުފިޔާ އިތުރަށް ބޭނުންވެއެވެ. މި މަސައްކަތުގެ ޖުމްލަ ޚަރަދަކީ -/21,600.00 (އެކާވިސް ހާސް ހަސަތޭކަ) ރުފިޔާއެވެ.
    ވީމާ، ޖޭ.އެލް.ސީ.އެލް ފަންޑުގެ "ކައުންސިލްގެ އިދާރާއަށް ބޭނުންވާ އައިޓީ ސާމާނު ހޯދުން" (ޖީ.އެލް ކޯޑު: 423008) އަށް މި ފައިސާ އިތުރުކުރުމަށްޓަކައި، ތިރީގައިވާ ކޯޑުތަކުން ފައިސާ އުނިކުރުމާ މެދު މަޝްވަރާކޮށް، ބަޖެޓް ކޮންޓްރޯލް ނަންބަރު 2026/1435/BC/004 ފާސްކުރުމާމެދު ގޮތެއް ނިންމުން:
    ޖީ.އެލް ކޯޑު: 226002 ("ފަންނުހިޔާ ގޭޓްތައް ހެދުމުގެ މަސައްކަތްކުރުން") އިން: -/7,500.00 (ހަތްހާސް ފަސްސަތޭކަ) ރުފިޔާ.
    ޖީ.އެލް ކޯޑު: 221001 ("ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް، މިނިސްޓްރީތަކާ ބައްދަލުކުރުމަށް މާލެއަށް ދަތުރެއް ކުރުން") އިން: -/8,866.00 (އަށްހާސް އަށްސަތޭކަ ފަސްދޮޅަސް ހަ) ރުފިޔާ.
  4. ޖޭ.އެލް.ސީ.އެލް ފަންޑުގެ "ކައުންސިލް އިދާރާ މަރާމާތުކުރުން" (ޖީ.އެލް ކޯޑު: 226002) ހަރަކާތަށް އިތުރަށް ފައިސާ ބޭނުންވާތީ، އެ ފަންޑުގެ "ހިނަވާގެއެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފަށައި ނިންމުން" (ޖީ.އެލް ކޯޑު: 421003) ހަރަކާތުން -/50,000.00 (ފަންސާސް ހާސް) ރުފިޔާ އުނިކޮށް، ކައުންސިލް އިދާރާ މަރާމާތުކުރުމުގެ ހަރަކާތަށް މި ފައިސާ އިތުރުކުރުމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
  5. 05 ވަނަ ދައުރުގެ 385/15/15/05/2026 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން

ޖަލްސާގެ ނިންމުންތަށް

  1. 12 އޯގަސްޓް 2026 އިން 18 އޯގަސްޓް 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
  2. މިނިސްޓްރީ އޮފް އިންފުރާސްޓްރަކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ނަމްބަރ 491/385/2026/9 ( 11 އޯގަސްޓް 2026 ) ސިޓީގައިވާ " ރަށްރަށުގައި ޢިމާރާތް ކުރުމުގެ ހުއްދަ ދޫކުރުމުގެ މަޢްލޫމާތު ދިނުމާ ގުޅޭ ގޮތުން  " ލ. ފޮނަދޫގައި 2026 ސެޕްޓެމްބަރ 07 ން 10 ބާއްވާ ވާރކް ޝޮޕްގައި މި އިދާރާއިން ބައިވެރި ކުރާ ދެ ބޭފުޅުންގެ ދަތުރު ޚަރަދަށް މީހަކަށް -/5460 ރުފިޔާގެ ރޭޓުން -/10920 ރުފިޔާގެ ބަޖެޓް ފާސްކުރުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން މަޝްވަރާ ކުރެއްވުމަށްފަހު ރަށުގައި މިހާރުވެސް ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ޢިމާރާތްކުރުމުގެ މަސައްކަތް ބައެއް ފަރާތްތަކުން ކުރަމުން ގެންދާކަން ފާހަގަ ކުރައްވާ މިފަދަ ކަންކަން ހުއްޓުވުގެ މުހިއްމުކަމާއި ބޭނުންތެރިކަމަށްޓަކައި މިނިސްޓްރީ އޮފް އިންފުރާސްޓްރަކްޗަރ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ނަމްބަރ 491/385/2026/9 ( 11 އޯގަސްޓް 2026 ) ސިޓީގައިވާ " ރަށްރަށުގައި ޢިމާރާތް ކުރުމުގެ ހުއްދަ ދޫކުރުމުގެ މަޢްލޫމާތު ދިނުމާ ގުޅޭ ގޮތުން  " ލ. ފޮނަދޫގައި 2026 ސެޕްޓެމްބަރ 07 ން 10 ބާއްވާ ވާރކް ޝޮޕްގައި މި އިދާރާއިން ބައިވެރި ކުރާ ދެ ބޭފުޅުންގެ ދަތުރު ޚަރަދަށް މީހަކަށް -/5460 ރުފިޔާގެ ރޭޓުން -/10920 ރުފިޔާގެ ބަޖެޓް ފާސްކޮށް ޚަރަދު ކުރުމާ މެދު އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
  3. ކައުންސިލް އިދާރާގެ ސްޓޯރޭޖް ސަރވަރުގައި މިހާރު ހުރި 2 ޓީބީގެ ހާޑް ޑްރައިވް ފުރިފައިވާތީ، ސްޓޯރޭޖް އިތުރުކުރުމަށްޓަކައި 8 ޓީބީގެ ހާޑް ޑްރައިވްއަކަށް ބަދަލުކުރުމަށާއި، ސަރވަރުގައި ހުރި ޑޮކިއުމެންޓްތައް ރައްކާތެރިކަމާއެކު އައު ހާޑް ޑްރައިވްއަށް ބަދަލުކުރުމުގެ މަސައްކަތަށް -/16,366.00 (ސޯޅަ ހާސް ތިންސަތޭކަ ފަސްދޮޅަސް ހަ) ރުފިޔާ އިތުރަށް ބޭނުންވެއެވެ. މި މަސައްކަތުގެ ޖުމްލަ ޚަރަދަކީ -/21,600.00 (އެކާވިސް ހާސް ހަސަތޭކަ) ރުފިޔާއެވެ. އެހެންކަމުން މި މައްސަލަ އާއި ގުޅިގެން މެމްބަރުން މަޝްވަރާ ކުރެއްވުމަށްފަހު ކައުންސިލް އިދާރާގެ ސްޓޯރޭޖް ސަރވަރުގައި މިހާރު ހުރި 2 ޓީބީގެ ހާޑް ޑްރައިވް ފުރިފައިވާތީ، ސްޓޯރޭޖް އިތުރުކުރުމަށްޓަކައި 8 ޓީބީގެ ހާޑް ޑްރައިވްއަކަށް ބަދަލުކުރުމަށާއި، ސަރވަރުގައި ހުރި ޑޮކިއުމެންޓްތައް ރައްކާތެރިކަމާއެކު އައު ހާޑް ޑްރައިވްއަށް ބަދަލުކުރުމުގެ މަސައްކަތަށް މިވަގުތަށް ބޭނުންވާ -/16,366.00 (ސޯޅަ ހާސް ތިންސަތޭކަ ފަސްދޮޅަސް ހަ) ރުފިޔާގެ ބަޖެޓް ފާސްކޮށް ޚަރަދު ކުރުމާ މެދު އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
  4. ޖޭ.އެލް.ސީ.އެލް ފަންޑުގެ "ކައުންސިލް އިދާރާ މަރާމާތުކުރުން" (ޖީ.އެލް ކޯޑު: 226002) ހަރަކާތަށް އިތުރަށް ފައިސާ ބޭނުންވާތީ، އެ ފަންޑުގެ "ހިނަވާގެއެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފަށައި ނިންމުން" (ޖީ.އެލް ކޯޑު: 421003) ހަރަކާތުން -/50,000.00 (ފަންސާސް ހާސް) ރުފިޔާ އުނިކޮށް، ކައުންސިލް އިދާރާ މަރާމާތުކުރުމުގެ ހަރަކާތަށް މި ފައިސާ އިތުރުކުރުމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން މަޝްވަރާ ކުރެއްވުމަށްފަހު ކައުންސިލުގެ އިދާރާ މަރާމާތުކުރުމަކީ ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެއް ކަމުގައިވާތީ ކައުންސިލުގެ އިދާރާ މަރާމާތު ކުރުމުގެ މަސައްކަތަށް ޖޭ.އެލް.ސީ.އެލް ފަންޑުގެ "ކައުންސިލް އިދާރާ މަރާމާތުކުރުން" (ޖީ.އެލް ކޯޑު: 226002) ހަރަކާތަށް އިތުރަށް ފައިސާ ބޭނުންވާތީ، އެ ފަންޑުގެ "ހިނަވާގެއެއް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފަށައި ނިންމުން" (ޖީ.އެލް ކޯޑު: 421003) ހަރަކާތުން -/50,000.00 (ފަންސާސް ހާސް) ރުފިޔާ އުނިކޮށް، މި މަސައްކަތްކުރިއަށް ގެންދިއުމާމެދު އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
  5. އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 05 ވަނަ ދައުރުގެ 385/15/15/05/2026 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.

ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 05 ވަަނަ ދައުރުގެ 015 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ

ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ

#

ނަން

މަޤާމު

1

އަލްފާޟިލް   އާދަމް ޝަފީޤް

ސެކްރެޓަރީ ޖެނެރަލް

2

އަލްފާޟިލް   ޔަޙުޔާ ރަޝީދު

 ޑިރެކްޓަރ

3

އަލްފާޟިލް   ޙަސަން ޙަބީބު

އެސިސްޓެންޓް ޑިރެކްޓަރ

ޖަލްސާގެ ހާޒިރީ

#

ނަން

ހާޒިރުވި

ހާޒިނުވާ

1

ކައުންސިލް ރައީސް އަހްމަދު މޫސާ

ކ

 

2

ކައުންސިލް ނައިބު ރައީސް އަޙްމަދު ޒަހީން

ކ

 

3

ކައުންސިލް މެންބަރު މަރިޔަމް އަލީ

 

އަހަރީ ޗުއްޓި

 

 

 

 

 

 

 

 

 

24 ސެޕްޓެންބަރު 2026
ހޯދާ