ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 05 ވަަނަ ދައުރުގެ 010 ވަނަ ޢާންމު ޖަލްސާގެ ނިންމުން އާއްމުކުރުން
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 05 ވަަނަ ދައުރުގެ 010 ވަނަ ޢާންމު ޖަލްސާގެ ނިންމުން
ތަން: ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް
ތާރީހް: 01 ޞަފަރު 1448 ، 15 ޖުލައި 2026 ބުދަ
ގަޑި: ހެނދުނު 08:30
އެޖެންޑާ
- 08 ޖުލައި 2026 އިން 14 ޖުލައި 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ޙިއްސާކުރުން
- ބުރޭވް ޝޫޓްގެ ސްޕޯޓްސް ކްލަބް ގެ ފަރާތުން ފޮނުވާފައިވާ ނަންބަރު BSSC-2026/LTR/001 ސިޓީއާއި ގުޅޭގޮތުން މަޝްވަރާކުރުން
- ރަށުން ގޯތި ދޫކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުން
- ރަށުގެ ބަނދަރު ތިލަވުމުގެ ސަބަބުން ބޮޑެތި އުޅަނދު ފަހަރު ވަދެ ނިކުތުމަށް ދަތިވުމާއި ބަނދަރުގެ ބޭރު ތޮށްޓާއި ނެރުތޮށި އަދި އެއްގަމު ތޮށި ހަލާކުވެފައިވާތީ، ބަނދަރު މަރާމާތު ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުން
- ފަތުރުރުވެރިކަމާއި ތިމާވެށްޓާ ބެހޭ މުޒާރާގެ ނަމްބަރ 88-PS/385/2026/1 ( 14 ޖުލައި 2026 ) ސިޓީ އާއި ގުޅިގެން ފަތުރުވެރިކަމާ ގުޅޭ ފަހުމުނާމާގައި ސޮއި ކުރުމުގެ މައްސަލަ
- 2027 ވަނަ އަހަރުގެ ބަޖެޓާއި ބެހޭގޮތުން މަޝްވަރާ ކުރުން
- 2027 ވަނަ އަހަރުގެ ވޯކް ޕުލޭނާއި ބެހޭގޮތުން މަޝްވަރާކުރުން
- 05 ވަނަ ދައުރުގެ 385/10/10/05/2026 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
ޖަލްސާގެ ނިންމުންތަށް
- 08 ޖުލައި 2026 އިން 14 ޖުލައި 2026 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
- ބުރޭވް ޝޫޓްގެ ސްޕޯޓްސް ކްލަބް ގެ ފަރާތުން ފޮނުވާފައިވާ ނަންބަރު BSSC-2026/LTR/001 ސިޓީއާއި ގުޅޭގޮތުން މަޝްވަރާކުރުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ސިޓީގައި ބުރޭވް ޝޫޓް ކުލަބުގެ ފަރާތުން މި ކައުންސިލާއި ގުޅިގެން މިރަށު ބަނދަރުގެ ދެކުނުކޮޅުގައި ޢިމާރާތްކުރާ ކުޑަ " މަސް މާރުކޭޓް " މި އަހަރުގެ ޑިސެމްބަރ 10 ވަނަ ދުވަހު ގިނަ ޙަރަކާތްތަކާ އެކު ކުލަ ގަދަ ރަސްމިއްޔާތެއްގައި ހުޅުވުމަށް އެ ކުލަބުން ނިންމަވާފައިވާކަމަށް ވިދާޅުވެފައިވާތީ އާއި އަދި 11 ޑިސެމްބަރ 2026 ގައި މި ކައުންސިލުގެ ފުޓްސެލް މުބާރާތް ފެށުމަށް ހަމަޖެހިފައި ވުމާއެކު މަސް މާރުކޭޓް ހުޅުވުމުގެ ރަސްމިއްޔާތަށް އަސަރު ކުރާނެތީ ކައުންސިލުގެ ފުޓްސެލް މުބާރާތް ފެށުން އަވަސްކޮށް ދެއްވުމަށް ބުރޭވް ޝޫޓު ކުލަބުން އެދިފައިވުމުން ކައުންސިލުގެ ފުޓްސެލް މުބާރާތް 14 ނޮވެމްބަރ 2026 ވާ ހޮނިހިރު ދުވަހު ފަށާގޮތަށް ހަމަޖެއްސުމަށް އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
- ރަށުން ގޯތި ދޫކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން ޚިޔާލު ފާޅުކުރައްވާ ގޯތި ދޫކުރުމާބެހޭ އުސޫލު ކުރިއަށް އޮންނަ ޖަލްސާއަށް ކައުންސިލުގެ އިދާރާއިން ހުށަހެޅުއްވުމަށާއި އަދި ގޯތި ލިބުމަށް އެދި ހުށަހަޅުއްވާ ފަރާތްތަކަށް ފަސޭހަކަމާއެކު ހުށަހެޅޭނެގޮތެއް ހެދުމަށްޓަކައި ކައުންސިލުގެ އިދާރާއިން ޕީ ޑީ އެފް ފިލަބަލް ފޯމެއް ތައްޔާރު ކުރެއްވުމަށް ނިންމަވައި މިކަމުގައި އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ
- ރަށުގެ ބަނދަރު ތިލަވުމުގެ ސަބަބުން ބޮޑެތި އުޅަނދު ފަހަރު ވަދެ ނިކުތުމަށް ދަތިވުމާއި ބަނދަރުގެ ބޭރު ތޮށްޓާއި ނެރުތޮށި އަދި އެއްގަމު ތޮށި ހަލާކުވެފައިވާތީ، ބަނދަރު މަރާމާތު ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން މަޝްވަރާ ކުރެއްވުމަށްފަހު ސަރުކާރުގެ ކަމާބެހޭ ފަރާތަށް ހުށަހެޅުމަށް ނިންމަވައި މި ކަމުގައި އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
- ފަތުރުރުވެރިކަމާއި ތިމާވެށްޓާ ބެހޭ މުޒާރާގެ ނަމްބަރ 88-PS/385/2026/1 ( 14 ޖުލައި 2026 ) ސިޓީ އާއި ގުޅިގެން ފަތުރުވެރިކަމާ ގުޅޭ ފަހުމުނާމާގައި ސޮއި ކުރުމުގެ މި މައްސަލަ އާއި ގުޅިގެން މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ މިއިދާރާގެ ފަހުމު ނާމާއެއްގައި ހުރިހައި ބާރުތަކެއް ފަތުރުރުވެރިކަމާއި ތިމާވެށްޓާ ބެހޭ މުޒާރާގެ ބާރުގެ ދަށުގައި އޮތުމަކީ މި ކައުންސިލުން ބޭނުންވާ ގޮތް ކަމުގައި ނުވާތީ މި ފަހުމު ނާމާ ޤަބޫލު ކުރެވެން ނެތްކަމަށާއި އަދި މިކަމުގައި އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
- 2027 ވަނަ އަހަރުގެ ބަޖެޓާއި ބެހޭގޮތުން މަޝްވަރާ ކުރުމުގެ މައްސަލަ މިހާރު އޮތްގޮތް ރަނގަޅު ކަމަށް ފާހަގަ ކުރައްވައި ރިވިއު ކުރަން ބޭނުންވާނަމަ ފަހުގެ ޖަލްސާއަކަށް ތާވަލު ކުރުމަށް އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
- 2027 ވަނަ އަހަރުގެ ވޯކް ޕުލޭނާއި ބެހޭގޮތުން މަޝްވަރާކުރުމުގެ މި މައްސަލަ އާއި ގުޅިގެން މެމްބަރުން ފާހަގަ ކަންތައްތައް ބަދަލު ކުރުމާއި އެކު އިތުރަށް ރިވިއު ކުރަން ބޭނުންވާ ނަމަ ފަހުގެ ޖަލްސާއަކަށް ތާވަލު ކުރުމަށް އިޢްތިރާޟެއް ނެތްކަމުގައި މެމްބަރުން އިއްތިފާގުން ނިންމެވިއެވެ.
- އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 05 ވަނަ ދައުރުގެ 385/10/10/05/2026 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 05 ވަަނަ ދައުރުގެ 010 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ
|
ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ |
||
|
# |
ނަން |
މަޤާމު |
|
1 |
އަލްފާޟިލް އާދަމް ޝަފީޤް |
ސެކްރެޓަރީ ޖެނެރަލް |
|
2 |
އަލްފާޟިލް ޔަޙުޔާ ރަޝީދު |
ޑިރެކްޓަރ |
|
3 |
އަލްފާޟިލް ޙަސަން ޙަބީބު |
އެސިސްޓެންޓް ޑިރެކްޓަރ |
|
ޖަލްސާގެ ހާޒިރީ |
|||
|
# |
ނަން |
ހާޒިރުވި |
ހާޒިނުވާ |
|
1 |
ކައުންސިލް ރައީސް އަހްމަދު މޫސާ |
ކ |
|
|
2 |
ކައުންސިލް ނައިބު ރައީސް އަޙްމަދު ޒަހީން |
ކ |
|
|
3 |
ކައުންސިލް މެންބަރު މަރިޔަމް އަލީ |
ކ |
|
24 ސެޕްޓެންބަރު 2026
ހޯދާ
