ކޮޅުމަޑުލު ވިލުފުށީ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މި ކޯޓުގެ ވަށާފާރު ރޭނުމާއި ގޭޓު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ.

އިޢުލާން                                                                                                                                   

މި ކޯޓުގެވަށާފާރު ރޭނުމާއި ގޭޓު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ.

މިކޯޓުގެ ވަށާފާރު ރޭނުމާއި ގޭޓު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ކުރެވުނު މިކޯޓުގެ ނަންބަރު 642-A/IUL/2026/07 (03 ސެޕްޓެމްބަރ 2026) އިޢުލާނާއި ގުޅިގެން ހުށަހާޅާފައިވާ އަންދާސީ ހިސާބުތައް ފުރިހަމަނުވާތީ، ދެންނެވުނު އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.

މި ކޯޓުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި މި ކޯޓުގެ ވަށާފާރު ރޭނުމާއި ގޭޓު ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ އެންމެހާ ފަރާތްތަކަށް ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން (ޕްރީބިޑް މީޓިންގ)، 30 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ 13:00 ގައި މި ކޯޓުގައި އޮންނާނެއެވެ. މި މަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ވިޔަފާރިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތުގެ އަންދާސީ ހިސާބު (އެސްޓިމޭޓް) ހުށަހެޅުން އޮންނާނީ 04 އޮކްޓޯބަރ 2026 ވާ އާދީއްތަ ދުވަހުގެ 13:00 ވިލުފުށީ މެޖިސްޓްރޭޓް ކޯޓުގައެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވެންނެތް (ވިޔަފާރިތަކުގެ) ވެރިފަރާތްތަކުން، ބަދަލުގައި އެހެން ފަރާތެއް ފޮނުވާއިރު، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި ޙާޟިރުވާ ފަރާތުން ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ވިޔަފާރިތަކަށްވެސް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ވާހަކަ ދަންނަވަމެވެ. މި މަސައްކަތާއިގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާނަމަ މި ކޯޓުގެ ނަންބަރު 6780652 އަށް ގުޅައިގެން ނުވަތަ ރަސްމީ ގަޑީގައި ކޯޓަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. 

23 ސެޕްޓެންބަރު 2026
ހޯދާ