މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެލްޑަރ

އިޢުލާން 

މަޤާމު:

ވެލްޑަރ

މަޤާމުގެ ނަންބަރު:

-

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކ 3- ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

މުއްދަތު:

ކޮންޓްރެކްޓް އުސޫލުން، (1 އަހަރު، 11 މަސް)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ

މުސާރަ:

މަހަކު 9220.00 (ނުވަހާސް ދުއިސައްތަ ވިހި) ރުފިޔާ

މަޤާމުގެ އެލަވަންސް:

މަހަކު 2765.00(ދެހާސް ހަތްސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ

ޙާޒިރީ ޢިނާޔަތް

ޙާޒިރުވާ ދުވަހަކަށް 75.00 (ހަތްދިހަ ފަހެއް) ރުފިޔާ

އެހެނިހެން އެލަވަންސް:

- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ދެވޭ ޕެންޝަން ފައިސާ

- ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 ނޮވެންބަރު 2025 އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ވެލްޑިންގ ކުރަންޖެހޭ މައުދަނާ ގުޅޭ މަޢުލޫމާތު ދެނެގަތުމާއި، ވެލްޑިންގ ކުރަންޖެހޭ މައުދަން ވެލްޑިންގ ކުރުމަށް އެންމެ އެކަށީގެންވާ ގޮތްތަކާއި، ބޭނުންކުރަންވާނެ އާލާތްތައް ކަނޑައެޅުން.
  4. ކައުންސިލުން ހިންގާ ޕްރޮޖެކްޓުތަކުގެ އެންމެހައި ވެލްޑިންގ މަސައްކަތްތައް ކުރުން.
  5. ކައުންސިލުން ހިންގާ ޕްރޮޖެކްޓުތަކުގެ ދަގަނޑު ފްރޭމް ސްޓްރަކްޗަރއާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން
  6. ކުރެހުމަކަށް ބިނާކޮށް ވެލްޑް ކުރަންޖެހޭ ތަކެތި ވެލްޑް ކުރުމަށްޓަކައި، ކުރެހުންތައް ބަލައި މިންތައް ނަގައި، ވެލްޑިންގ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތައް ކަނޑައެޅުން.
  7. ވެލްޑިންގ ކުރުމަށް ބޫނުންކުރާ އާލާތްތައް ބޭނުންކޮށްގެން ވެލްޑް ކުރުމުގެ މަސައްކަތްތައް ކުރުން.
  8. ވެލްޑް ކޮށްފައިވާ ތަންތަން ބަލައި ޗެކްކޮށް، އިތުރަށް ފުރިހަމަކުރަންޖެހޭ ކަންކަން އިސްލާޙު ކުރުން.
  9. މަސައްކަތުގައި ބޭނުންކުރާ އާލާތްތަކާއި މެޝިނަރީތައް ފަރުވާތެރިކަމާއެކު ރަނގަޅަށް ބެލެހެއްޓުމާއި، ވެލްޑް ކުރާ ތަކެތީގެ ރެކޯޑް ބެލެހެއްޓުން
  10. ކައުންސިލުން ހަދާ ތަންތަން ހިޔާކުރުމަށާއި ސީލިންގ ކުރުމަށް ކުރަންޖެހޭ ވެލްޑިންގ މަސައްކަތްތައް ކުރުން
  11. މަސައްކަތްތަކަށް ބޭނުންވާ ތަކެތި ހަމަޖެހިފައިވާ އުސޫލުން ހޯދުމުގެ މަސައްކަތް ކުރުމާއި، ތަކެތި ބޭނުންކުރުމުގައި އިސްރާފު ނުކުރުން.
  12. އިދާރާގެ އެކިއެކި މަސައްކަތްތަކަށް ބޭނުންކުރާ މެޝިނަރީޒް އޮޕަރޭޓުކުރުމާއި، މެޝިންތައް ރަނގަޅަށް މަސައްކަތްކުރޭތޯ ގަވާއިދުން ބެލެހެއްޓުމުގެ އިތުރުން ކުދިކުދި މަރާމާތްތައް ކުރުން.
  13. ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަސައްކަތްތައް ބެލެހެއްޓުމާއި، އެ މަސައްކަތްތައް ހިނގަމުންދަނީ ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށްތޯ ބެލުން.
  14. ވެލްޑިންގ ކުރުމަށްފަހު ގާނާ އޮމާންކުރަންޖެހޭ ތަންތަން އޮމާންކުރުމާއި، އަންޑަރކޯޓާއި ދަވާދު ލާންޖެހޭ ތަންތަނުގައި ދަވާދުލުމުގެ މަސައްކަތް ކުރުން
  15. މެކޭނިކަލް މަސައްކަތްތައް ކުރަން އެނގުމާއެކު، މެޝިނަރީއާއި އުޅަނދުފަހަރުގެ އިކުއިޕްމެންޓްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ވެލްޑިންގ މަސައްކަތްތައް ކުރުން.
  16. ވެހިކަލްތަކުގެ ތެޔޮ ބަދަލުކުރުމާއި، ޓައިރު އެޅުވުމާއި، ބްރޭކް ޗެކްކުރުމާއި، ފްލޫއިޑް ބަދަލުކުރުން ފަދަ ރޫޓިން މެއިންޓެނަންސް މަސައްކަތްތައް ކުރުން.
  17. މެޝިނަރީ އިކުއިޕްމަންޓްތައް މަރާމާތުކުރުމުގައި ބައިވެރިވެ ތަކެތި ބެލެހެއްޓުމާއި، ވެހިކަލްތަކާއި މެޝިނަރީތައް ރިޕެއަރ ކުރުމަށް ބޭނުންވާ ވެލްޑިންގ މަސައްކަތްތައް ކުރުން.
  18. އިދާރާއިން ބަލަހައްޓާ ޢިމާރާތްތަކާއި ތަންތަނުގައި ކުރާ އެކިއެކި މަސައްކަތްތަކާ ގުޅިގެން ކުރަންޖެހޭ ދަގަނޑުގެ އެންމެހައި މަސައްކަތްތަކާއި، ވެލްޑަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސްޕަވައިޒަރުގެ ލަފައާއި އިރުޝާދުގެ ދަށުން ކުރުމާއި، އިދާރާއިން ކުރާ އެހެނިހެން މަސައްކަތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  19. އިދާރާއިން ބަލަހައްޓާ ޢިމާރާތްތަކުގެ ސިޑިތަކާއި ޓެރަސް ފަދަ ތަންތަނުގައި ޖަހާފައި ހުންނަ ރެއިލިންގ ނުވަތަ ޗެންޗޭނުތަކާއި، މިސްކިތްތަކުގައި ހުންނަ ފައިވާން ބަހައްޓާ ދަގަނޑު ހަރުތައް މަރާމާތުކުރުމާއި، އެތަކެތި ބަދަލުކުރަން ޖެހިއްޖެނަމަ ބަދަލުކުރުމުގެ އެންމެހައި މަސައްކަތްތަކާއި، އަލުން ޖަހަންޖެހޭ ނުވަތަ ހަދަންޖެހޭ އެފަދަ ތަކެތި ޖެހުމާއި ހެދުމުގެ މަސައްކަތްތައް ސްޕަވައިޒަރު އަންގާ ގޮތެއްގެ މަތިން ކުރުން.
  20.  ވެހިކަލްތަކުގެ މައްސަލަތައް ދެނެގަތުމާއި، އިންޖީނާއި ޓްރާންސްމިޝަން، ބްރޭކް އަދި އިލެކްޓްރިކަލް ސިސްޓަމް ފަދަ ނުބައިކޮށް (ގޯސްކޮށް) ހުންނަ ކޮމްޕޯނެންޓްތައް ރަނގަޅުކުރުން ނުވަތަ ބަދަލުކުރުން.
  21. ޓޫލްސް އެންޑް އިކުއިޕްމަންޓްސްތަކާއި އުޅަނދުފަހަރު މަރާމާތުކުރުމަށް ނުވަތަ ބެލެހެއްޓުމަށް ބޭނުންކުރާ ޑައިގްނޯސްޓިކް މެޝިން، ލިފްޓް އަދި ހެންޑް ޓޫލްސް ފަދަ ޚާއްޞަ އާލާތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި މެއިންޓެނަންސް ކުރުން.
  22. ޚާއްޞަ ހާލަތެއް ދިމާވެގެން ހަވާލުކުރެވޭ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުމާއި، މަސައްކަތާ ގުޅިގެން އެހެން ސެކްޝަންތަކަށް ދޭންޖެހޭ އެހީތެރިކަން ދިނުން.
  23. ދިމާވާ ބޮޑެތި ކަންތައްތަކާއި، ޚާއްޞަގޮތެއްގައި ޙަވާލުކުރެވޭ ޢާއްމުކޮށް ދިމާނުވާ ބޮޑެތި މަސައްކަތްތަކުގައާއި، ކުއްލިގޮތެއްގައި ޙަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާ ގޮތަށް ފަރުވާތެރިކަމާއެކު މަސައްކަތް ކުރުން.
  24. ކައުންސިލުގެ ހަރަކާތްތަކާއި، ޕްރޮޖެކްޓްތަކަށް ގެނެވޭ ތަކެތި އުފުލުމާއި، އެއްތަނުން އަނެއް ތަނަށް އުފުލަންޖެހޭ ތަކެތި އުފުލުމުގައި އެހީތެރިވުން
  25. ވަޒީފާގެ މަސަޢޫލިއްޔަތާއި ގުޅިގެން، ޔުނިޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ފަރާތުން ނުވަތަ ޒިންމާދާރު ވެރިޔާ އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން
  26. ކައުންސިލުގެ އިދާރާއިން އިސްނަގައިގެން ހުރިހާ މުވައްޒަފުން ޝާމިލުވެގެން ހިންގާ އިތުރު ޙަރަކާތްތަކުގައި ބައިވެރިވުމާއި، މުނާސަބަތު ދުވަސްތައް ފާހަގަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އިޖްތިމާޢީ ގޮތުން ކުރެވޭ ކަންކަމުގައި ބައިވެރިވެ އެހީތެރިވުން
  27. ރަށަށް ދިމާވާ ކުއްލި ނުރައްކަލުގެ ވަގުތުތަކުގައި އަދި ކައުންސިލް އިދާރާއަށް ކުއްލިއަކަށް ދިމާވާ ނުރައްކާތެރި ޙާލަތްތަކުގައި ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ގުޅިގެން މަސައްކަތް ކުރުމަށް ކައުންސިލް އިދާރާއިން ނިންމަވާ އުސޫލެއްގެ މަތިން ސްޕަރވައިޒަރގެ ލަފަޔާ މަޝްވަރާގެ މަތިން މަސައްކަތް ކުރުން

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން ނުވަތަ،
  2. މަޤާމުގެ މަސައްކަތުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، ދާއިރާގައި މަސައްކަތް ކުރުމުގެ ހުނަރު އެނގޭކަން ސާބިތުކޮށް ދިނުން

މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ދާއިރާތައް:  

ވެލްޑިންގ، ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަން، ވެލްޑިންގ އެންޓް ޝީޓް މެޓަލް، ވެލްޑިންގ އެންޑް މެޓަލް، ވެލްޑިންގ އެންޑް މެޝިނިންގ، ވެލްޑިންގ ޓެކްނީޝަން، ވެލްޑިންގ ޓެކްނީކްސް

މަސައްކަތުގެ ތަޖްރިބާ ގުނުމުގައި ބަލާނެ ދާއިރާ

  • ވެލްޑިންގ ގެ މަސައްކަތް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. މިގޮތުން މަޤާމަށް އައްޔަނު ކުރެވޭނީ، ވަޒީފާއަށް އެދެފައިވާ ފަރާތަށް ތިރީގައިވާ ތާވަލުގައި ހިމެނޭ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 70 ން ފެށިގެމް މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

1

އަސާސީ ޝަރުޠު ހަމަވުން

50

2

އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

3

އަސާސީ ޝަރުޠަށް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

4

އިމްތިޙާނު (ޕްރެކްޓިކަލް)

10

5

އިންޓަރވިއު

30

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ސެޕްޓެމްބަރ 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

(ނޯޓް: އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ގަޑި ޖެހުމުގެ ކުރިން ލިބުނުތޯ ޗެކުކޮށް ބެލުމަކީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުން ކުރަންޖެހޭ ކަމެކެވެ.)

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 05 އޮކްޓޯބަރު 2026 އާއި 18 އޮކްޓޯބަރު 2026 އާ ދެމެދު، މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6584030 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

12 ރަބީޢުލްއާޚިރާ 

23 ސެޕްޓެންބަރު 2026
ހޯދާ