ދިވެހިރާއްޖެ
މި ކައުންސިލުން ބާއްވާ ފިރިހެނުންގެ ފުޓްސަލް މުބާރާތް "އުލިގަން ކަޕް މެންސް ފުޓްސަލް ޓޯނަމަންޓް 2026" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 20 ނޮވެމްބަރ 2025 ވާ، ހުކުރު ދުވަހުއެވެ.
ވީމާ މުބާރާތުގައި ބައިވެރިވާން އެދޭ ޓީމުތަކުން 20 އޮކްޓޫބަރ 2026 ވާ އަންގާރަ ދުވަހުގެ 13:30 ގެ ނިޔަލަށް އެކަމަށް އެދޭ ފޯމު ހުށަހަޅައިގެން މުބާރާތުގައި ރަޖިސްޓަރީވުން އެދެމެވެ. ރަޖިސްޓްރޭޝަން ފޯމު މި ކައުންސިލުގެ ރިސެޕްޝަނުންނާއި ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެއެވެ. މުބާރާތުގައި ބައިވެރިވެވޭނީ މުބާރާތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.
މުބާރާތުގެ ގަވާއިދު ލިންކް: https://uligan.gov.mv/dv/downloads/uligan-kap-mens-futsal-toanarment-2026-ge-gavaaidhu
މުބާރާތުގައި ބައިވެރިވަން އެދޭ ފޯމުގެ ލިންކް: https://uligan.gov.mv/dv/downloads/uligan-kap-mens-futsal-mubaaraathugai-baiverivaan-edhey-foam
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.
11 ރަބީޢުލްއާޚިރު 1448
22 ސެޕްޓެމްބަރ 2026
