ދިވެހިރާއްޖެ
އިޢުލާން
ބީލަން ހުށައެޅުމުގެ ދަޢުވަތު – ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގައި ބައިވެރިވާ ދ.މީދޫ ފުޓުބޯޅަ ޓީމަށް ކޯޗުކަން ކޮށްދޭނެ ފަރާތެއް ހޯދުން
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ "އެފް.އޭ.އެމް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތް 2026/2027 ގައި ދ. މީދޫ ފުޓްބޯޅަ ޓީމް ބައިވެރި ކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. އެގޮތުން މި މުބާރާތަށް ދ. މީދޫ ޓީމް ތައްޔާރު ކުރުމަށްޓަކައި ރާއްޖޭގެ މަތީފަންތީގައި ގުނާލެވޭ ކޯޗެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިބީލަން ހުޅުވާލަމެވެ.
މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިތުރު މަޢުލޫމާތު، މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. މިބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، 28 ސެޕްޓެމްބަރު 2026ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދާރާގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭ ފޯމު ދ.މީދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.
މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 28 ސެޕްޓެމްބަރު 2026ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އީ-މެއިލް އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
މި ބިލާމާގުޅިގެން ޕްރީބިޑް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއްނުވެއެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 29 ސެޕްޓެމްބަރު 2026ވާ އަންގާރަ ދުވަހުގެ 13:00ގައި ދ.މީދޫ ކައުންސިލްގެ އިދާރާގައެވެ.
އިތުރު މަޢުލޫމާތު މިކައުންސިލްގެ ނަންބަރ 6760042 ނުވަތަ އީމެއިލް އެޑްރެސް [email protected] އިން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
22 ސެޕްޓެމްބަރު 2026
