ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ދ.އަތޮޅު ހޮސްޕިޓަލުން ދޭ ކުރެހުމާއި އެއްގޮތަށް އެމްބިއުލަންސް ޝެޑް ހަދައިދޭނެ ފަރާތެއް ހޯދުން

އިޢުލާން

ދ.އަތޮޅު ހޮސްޕިޓަލުން ދޭ ކުރެހުމާއި އެއްގޮތަށް އެންބިއުލާންސް ޝެޑް ހަދައިދޭނެ ފަރާތެއް ހޯދުން

މި ހޮސްޕިޓަލުން ދޭ ކުރެހުމާއި އެއްގޮތަށް އެންބިއުލާންސް ބާއްވާނެ ޝެޑެއް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވިމާ މި މަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް ހުޅުވާލައި ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

  • މިމަސައްކަތަށް  ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  • މި ބީލަމުގައި ބައިވެރިވާން އެދޭ  ފަރާތްތަކުން 22 ސެޕްޓެމްބަރ 2026 އިން 01 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އޮންލައިންކޮށް ބީލަން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވިކަމުގައި ބަލާނީ އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާ ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯރމް ފުރިހަމަ ކުރުމަށްފަހު އިޢުލާނުގައި ބަޔާން ކުރެވިފައިވާ އީމެއިލް އަށް މެއިލް ކުރުމުން، ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ. (ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ހޯދުމަކީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތުގެ ފުރިހަމަ ޒިންމާއެކެވެ.)
  • ހުށަހަޅާ ބީލަމާއި އެއްކޮށް ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ހުށަހަޅުއްވަން ވާނެއެވެ.
  • މި ބީލަމުގައި ބައިވެރިވެވޭނީ މަތީގައި ބަޔާންކުރެވިފައިވާ ތާރީޚްގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
  • މި ބީލަމާއި ގުޅޭ މައުލޫމާތު ކަރުދާސް އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ.
  • ބީލަން ހޮވުމުގައި އިސްކަންދޭނީ ދައުލަތުގެ އޮފީސްތަކުން ކުރިއަށް ގެންދާ ބީލަންތަކުގައި ސަރަހައްދަށް ނިސްބަތްވާ ބީލާންވެރިންނަށް އިސްކަންދިނުމުގެ އުސޫލުގެ ދަށުންނެވެ.
  • މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 04 އޮކްޓޯބަރު 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ބީލަންފޮތުގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
  • އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 07 އޮކްޓޯބަރ 2026 ވާ ބުދަ ދުވަހުގެ 10:30ގައި ހޮސްޕިޓަލުގެ މީޓިން ރޫމްގައެވެ.
  • މި މަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރި ކުރެވިފައިވާ ފަރާތްރަކަށެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ދ. އަތޮޅު ހޮސްޕިޓަލް

ދ. ކުޑަހުވަދޫ، ދިވެހިރާއްޖެ

ފޯން:    6760089         

އީ-މެއިލް: [email protected]

22 ސެޕްޓެންބަރު 2026
ހޯދާ