ދިވެހިރާއްޖެ
ނީލަންކިޔުން
މި ކޯޓުގެ ނަންބަރު 617-A/2026/2 (14 ޖުލައި 2026) އިޢުލާނާއި މި ކޯޓުގެ ނަންބަރު 617-A/2026/3 (23 ޖުލައި 2026) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިވެފައި ނުވާތީ، ތިންވަނަ ފަހަރަށް އެ ތަކެތި ނީލަންކިޔުން 01 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މި ކޯޓުގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން 29 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މިކޯޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، 01 އޮކްޓޯބަރ 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި ކޯޓަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތުން 24 (ސައުވީސް) ގަޑިއިރު ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު ތަކެތި 01 (އެކެއް) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
