ދިވެހިރާއްޖެ
އދ. މަންދޫ ކައުންސިލް ގަރާޖަށް ކަރަންޓު ލުމަށްޓަކައި އެތަނުގައި ހަރުކުރަންޖެހޭ އެންމެހައި ކަރަންޓު ސާމާނުތައް ހަރުކޮށް، ވައިރިންގ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
އެހެންކަމުން މިކަމަށް އެދި އަގުހުށަހެޅުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތާއި އެއްގޮތަށް ރަޖިސްޓްރީކުރެއްވުމަށްފަހު ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
- ރަޖިސްޓްރީކުރުމުގެ ސުންގަޑި : 27 ސެޕްޓެމްބަރު 2026 (އާދިއްތަ) 10:30 އަށް
- ބީލަމުގައި ރަޖިސްޓްރީ ކުރުމުގެ ލިންކް: https://forms.gle/haanEknJrUBW6v89A
- ޕްރީބިޑް މީޓިންގ : 27 ސެޕްޓެމްބަރު 2026 (އާދިއްތަ) 10:30 އަށްއަށް އދ. މަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
- އަންދާސީ ހިސާބު ހުށައެޅުން: 30 ސެޕްޓެމްބަރު 2026 (ބުދަ) 11:00 އަށް އދ. މަންދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
މި މަސައްކަތާއި ގުޅޭ ކުރެހުންތައް، އަދި އަގު ހުށައަޅާ ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މި މަޢުލޫމާތުތަކުގެ އިތުރުން މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ 27 ސެޕްޓެމްބަރު 2026 (އާދިއްތަ) 10:30ގެ ކުރިން ތިރީގައިވާ އީމެއިލްއަށް ލިޔުންތައް ފޮނުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
- އީމެއިލް އެޑްރެސް: [email protected]
މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓަރީ ކުރުމާއިބެހޭ ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެމަތީން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޮންމެ ފަރާތަކަށްވެސް ހުށައެޅުއްވޭނީ އެއް އަންދާސީ ހިސާބެވެ. އަދި އަންދާސީ ހިސާބު ހުށައެޅުމަށް މަތީގައި ދަންނަވާފައިވާ ގަޑީގެ ފަހުން ހުށައަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާތިލްކުރެވޭނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަންއާންމުކޮށް އެންމަށްޓަކައި އިޢުލާން ކުރީމެވެ.
