ދިވެހިރާއްޖެ
މި އިޢުލާންވަނީ 22 ސެޕްޓެންބަރު 2026 10:20 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
ރ. މާކުރަތު މަސްޖިދުލް އަންވާރުގައި ނެވިލޯން އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ
ރ. މާކުރަތު މަސްޖިދުލް އަންވާރުގައި އަމިއްލަ ތަކެތީގައި ނެވިލޯން އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. މި ބީލަމުގައި ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތަކުން، "ބިޑް ރަޖިސްޓްރީކުރާ ފޯމު" ފުރިހަމަކުރެއްވުމަށްފަހު 27 ސެޕްޓެމްބަރު 2026 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީކުރާ ފޯމު މި އިދާރާގެ ކައުންޓަރުންނާއި، މި އިޢުލާނާއެކު ގެޒެޓުން ލިބެން ހުންނާނެއެވެ.
|
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
|
|
ބިޑް ރެޖިސްޓްރޭޝަން |
ރ. މާކުރަތު ކައުންސިލުގެ އިދާރާ |
އާދިއްތަ |
27 ސެޕްޓެމްބަރު 2026 |
13:00ގެ ކުރިން |
|
ބިޑް ހުށަހެޅުން |
ރ. މާކުރަތު ކައުންސިލުގެ އިދާރާ |
ބުދަ |
30 ސެޕްޓެމްބަރ 2026 |
13:00 |
ބީލަމުގައި ރަޖިސްޓަރީވުމަށްޓަކައި، ފުރިހަމަކޮށްފައިވާ ބިޑް ރަޖިސްޓްރީ ފޯމު މި އިދާރާގެ އީމެއިލް ([email protected] / [email protected]) އަށް ފޮނުއްވުމުންވެސް ބަލައިގަނެވޭނެއެވެ. ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ފޯނު ނަންބަރު 65804030 އަށް ގުޅުއްވުން ނުވަތަ [email protected] / [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
10 ރަބީޢުލްއާޚިރު 1448
