ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުންބޭނުންވެއްޖެ

 

FSM-ADV/2026/197

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

 

މަޤާމް:

އެސިސްޓެންޓް މެނޭޖަރ، ފައިނޭންސް

ޑިޕާޓްމަންޓް/ސެކްސަން:

ފައިނޭންސް

ބޭނުންވާ ޢަދަދު:

01

މަސްޢޫލިއްޔަތު:

-          އެކައުންޓްސް ޕޭއަބަލް ޕްރޮސެސް މެނޭޖްކުރުން

-          ސަޕްލަޔަރުންގެ އެކައުންޓްތައް ރިކޮންސައިލްކޮށް، އެއްވެސް ތަފާތެއް ވާނަމަ އެކަން ހައްލުކުރުން

-          އެކައުންޓްސް ޕޭއަބަލް ރިޕޯޓްތައް ތައްޔާރުކޮށް އެނަލައިޒްކުރުން

-          ލިޓިގޭޝަންއަށް ފޮނުވަންޖެހޭ ސަޕްލަޔަރުންގެ ބޭނުންވާ ޤާނޫނީ ލިޔެކިޔުންތައް ތައްޔާރުކުރުން

-          ސަޕްލަޔަރ އިންވޮއިސްތައް ޕޯސްޓްކުރުން

-          ސަޕްލަޔަރުންގެ އައުޓްސްޓޭންޑިންގ ޕޭމަންޓްތައް މެނޭޖްކުރުން

-          ފައިނޭންޝަލް ސްޓްރެޓެޖީތައް ތައްޔާރުކުރުން

-          އެސެޓް މެނޭޖްމަންޓް ކުރުން

-          ޚަރަދު ކުޑަކުރެވޭނެ ސްޓްރެޓެޖީތައް ހޯދައި ދިރާސާކުރުން

-          ބަޖެޓް މެނޭޖްމަންޓްގެ މަސައްކަތްތަކުގައި އެހީތެރިވުން

-          އިންވެންޓްރީ މެނޭޖްމަންޓް ކުރުން

ޝަރުތުތައް:

-          ފައިނޭންސް ނުވަތަ އެކައުންޓިންގ ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވުން ނުވަތަ ސީމާ (CIMA)/ އޭސީސީއޭ (ACCA) އާ އެއްފެންވަރުގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން

-          މަސައްކަތާގުޅޭ ދާއިރާއިން މެނޭޖީރިއަލް މަގާމެއްގައި މަދުވެގެން 3 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

-          އެކައުންޓްސް ޕޭއަބަލް ދާއިރާއިން މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

-          SAP (ފައިނޭންސް މޮޑިއުލް) ބޭނުން ކުރަން އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަހު މުސާރަ:

24،000ރ އާއި 28،000ރ އާއި ދެމެދު

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

 

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން27  ސެޕްޓެމްބަރ 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ ވަޒީފާގެ ޕޯރޓަލް،fsm.mv/careers އިން އެޕްލައި ކުރެއްވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421  /3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

21 ސެޕްޓެމްބަރ 2026

21 ސެޕްޓެންބަރު 2026
ހޯދާ