ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަޑަވެލި ކައުންސިލް އަހަރީ ޤުރުއާން މުބާރާތް – 1448 ގައި އިންސާފުކުރާނެ ފަނޑިޔާރުން ހޯދުމާއި ގުޅޭ
މިކައުންސިލް އިން މިއަހަރު 'މަޑަވެލި ކައުންސިލް އަހަރީ ޤުރުއާން މުބާރާތް – 1448' ގެ ނަމުގައި 5 ނޮވެމްބަރ 2026 އިން 7 ނޮވެމްބަރ 2026އަށް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މި މުބާރާތުގައި ފަނޑިޔާރުކަން ކުރާނެ 3 (ތިނެއް) ފަނޑިޔާރުން ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ސެޕްޓެމްބަރ 2026 ގެ 14:00 ގެ ކުރިން ތިރީގައިވާ ގޫގަލް ލިންކް ފުރުއްވުން އެދެމެވެ.
ގޫގަލް ލިންކް: https://forms.gle/LoGrmekR1EFQig9e9
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ހޮޓްލައިން ނަމްބަރ: 9356677 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
20 ސެޕްޓެންބަރު 2026
ހޯދާ
