ދިވެހިރާއްޖެ
އިޢުލާން
ކޯޓުގައި ހުރި ބައުތަކެތި ނީލަންކިޔުން
މިކޯޓުގައި ނީލަމުގައި ވިއްކާލުމަށް ބޭނުންވެފައިހުރި ތަކެތި ނީލަންކިޔުމަށް ބޭނުންވެގެން 17 ސެޕްޓެންބަރު 2026 ގައި ކުރެވުނު ނަންބަރު 518-A/2026/32 އިޢުލާނާ ގުޅިގެން އެއްވެސްފަރާތަކުން މި ނީލަމުގައި ބައިވެރިވެފައި ނުވާތީ 2 ވަނަ ފަހަރަށް ނީލަންކިޔުން 27 ސެޕްޓެންބަރު 2026 ވާ އާދީއްތަ ދުވަހުގެ 11:30 ގައި މިކޯޓުގައި އޮންނާނެއެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު 28 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ދައްކަވާ ނިންމަވަން ވާނެއެވެ. މިމުއްދަތުގައި ފައިސާ ނުދައްކަވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަންކިޔޭނެއެވެ. ނީލަމުން ނެންގެވި ތަކެއްޗަށް ފައިސާދައްކަވާފައިވާ ފަރާތްތަކަށް ތަކެތި ދޫކުރުން 28 ސެޕްޓެންބަރު 2026 ވާ ހޯމަ ދުވަހުގެ 12:00 ން ފެށިގެން 14:00 އަށް މިކޯޓުގައި އޮންނާނެއެވެ. މިނީލަމުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މިކޯޓުގެ އެދުމެކެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
|
ނީލަން ނަމްބަރު |
ޢަދަދު |
ތަފްޞީލް |
ނީލަންފެށޭ އަގު (ރުފިޔާ) |
ފަހަރަކު މަދުވެގެން އިތުރުކުރެވޭ ޢަދަދު (ރުފިޔާ) |
|
1 |
1 |
އޮފީސް މޭޒު |
80.00 |
8.00 |
|
2 |
1 |
ޝޯކޭސް |
250.00 |
25.00 |
|
3 |
1 |
ލަކުޑި އަލަމާރި |
250.00 |
25.00 |
|
4 |
1 |
ލަކުޑި އަލަމާރި |
250.00 |
25.00 |
|
5 |
1 |
ލަކުޑި އަލަމާރި |
250.00 |
25.00 |
|
6 |
2 |
ދިދަ ހޮޅި |
150.00 |
15.00 |
09 ރަބީޢުލްއާޚިރު 1448
20 ސެޕްޓެންބަރު 2026
