އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މިހޮސްޕިޓަލުގެ ރޭޑިއޯލޮޖީ ޑިޕާޓްމަންޓަށް ބޭނުންވާ މެޑިކަލް އިކްއިޕްމަންޓް ސަޕްލައިކޮށްދިނުމާއިއެކު، އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މިހޮސްޕިޓަލުގެ ރޭޑިއޯލޮޖީ ޑިޕާޓްމަންޓަށް ބޭނުންވާ މެޑިކަލް އިކްއިޕްމަންޓް ސަޕްލައިކޮށްދިނުމާއިއެކު، އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުން

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ރޭޑިއޯލޮޖީ ޑިޕާޓްމަންޓަށް ބޭނުންވާ، މެޑިކަލް އިކްއިޕްމަންޓްސް ސަޕްލައިކޮށްދިނުމާއިއެކު، އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް، ކުރިން ކުރެވުނު ނަންބަރު: TENDER/695/2026/05 ގެ އިޢުލާނާއިގުޅިގެން، ހުށައަޅުއްވާފައިވާ އަންދާސީ ހިސާބުތަކުގެ އަގު ބޮޑުވުމާއި، އަދި ހުށައަޅުއްވާފައިވާ ބީލަންތަކުގައި ހުންނަން ލާޒިމުކޮށްފައިވާ ބައެއްކަންކަން ފުރިހަމަވެފައިނުވާތީވެ، އެ އިޢުލާން ބާޠިލުކޮށް އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި ބީލަމުގައި ރަޖިސްޓްރީ ކުރެއްވުމަށްފަހު، ތިރީގައި ދެންނެވިފައިވާގޮތަށް، ކަނޑައެޅިފައިވާ ތާރީޚުގައި ވަޑައިގެން، އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.

 ނަންނޯޓް ކުރެއްވުން

ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް)

ތާރީޚް: 2026 ސެޕްޓެންބަރު 20 އިން 30 އަށް.

އީމެއިލް: [email protected]           ފޯނު ނަންބަރ: 6580029

ރެޖިސްޓްރޭޝަން ލިންކް: https://forms.gle/JhMGeZwv9kR1qQzQ7

އަންދާސީ ހިސާބު ހުށައެޅުއްވުން

ތާރީޚް: 2026 އޮކްޓޫބަރު 06 - އަންގާރަ

ގަޑި: މެންދުރުފަހު 13:00

ތަން: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ކޮންފަރެންސް ރޫމް

 

މިއިޢުލާނާއި ގުޅޭ މައުލޫމާތު ޝީޓް، ޓެކްނިކަލް ސްޕެސިފިކޭޝަން، އަދި އެހެން ޑޮކިއުމަންޓްސް ގެޒެޓްގައި އެޓޭޗް ކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ. އަދި މިބީލަމާއި ގުޅިގެން، ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6580029 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.  

09 ރަބީޢުލްއާޚިރު 1448

20 ސެޕްޓެންބަރު 2026
ހޯދާ