ދިވެހިރާއްޖެ
މޯލްޑިވްސް ޗެސް އެސޯސިއޭޝަން (އެމް.ސީ.އޭ) ގެ ފަރާތުން ރާއްޖޭގައި ޗެސް ކުޅިވަރު ކުރިއަރުވައި، ހުނަރުވެރި ކުޅުންތެރިން ބިނާކުރުމަށްޓަކައި މި އެސޯސިއޭޝަންގައި ރަޖިސްޓްރީވެގެން މަސައްކަތްކުރުމަށް ޗެސް ކޯޗުންގެ ރެޖިސްޓްރޭޝަން އެކުލަވާލުމަށް ވަނީ ނިންމާފައެވެ.
ވީމާ، ރާއްޖޭގައި ޗެސް ކޯޗިންގގެ ދާއިރާއިން ތަމްރީނުވެފައިވާ، އަދި ކޯޗުކަން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެސޯސިއޭޝަންގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ޝަރުޠުތައް:
- ފިޑޭ (FIDE) ނުވަތަ އެމް.ސީ.އޭ ޤަބޫލުކުރާ ފެންވަރުގެ ކޯޗިންގ ސެޓްފިކެޓެއް / ލައިސަންސެއް އޮތުން (ނުވަތަ ޗެސް ކުޅުމާއި ދަސްކޮށްދިނުމުގެ ތަޖުރިބާ ހުރުން).
- އުމުރުން 18 އަހަރު ފުރިފައިވުން.
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަނަވަރު (ސީވީ).
- ލިބިފައިވާ ތަޢުލީމީ އަދި ކޯޗިންގ ސެޓްފިކެޓްތަކުގެ ކޮޕީ.
- ޕޮލިސް ރިޕޯޓް.
ސުންގަޑީ އަދި ހުށަހަޅާނެ ގޮތް :
ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 29 ސެޕްޓެމްބަރ 2026 ވާ އަންގާރަ ދުވަހުގެ 23:59 ގެ ކުރިން، ތިރީގައިވާ ގޫގްލް ފޯމް ލިންކު މެދުވެރިކޮށް ފޯމު ފުރުއްވައި، މަތީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.
ގޫގުލް ފޯމު ލިންކު: https://docs.google.com/forms/d/18E9VNp0x9Wpvkjo85TxsNDGsIhZDHxAPje2DEgLhFWA/edit
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9664090 އަށް ގުޅުއްވުން އެދެމެވެ
އެމް ސީ އޭ ގެ އީމެއިލް : [email protected]
