ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އޮފީސް އެސިސްޓަންޓް (ފައިނޭންސް އަދި އެޑްމިނިސްޓްރޭޝަން)

އިޢުލާން

އޮފީސް އެސިސްޓަންޓް

އޮފީސް އެސިސްޓަންޓް (ފައިނޭންސް އަދި އެޑްމިނިސްޓްރޭޝަން) ގެ މަގާމަކީ އެސޯސިއޭޝަންގެ ހެޑްކުއާޓަރުގެ ލައިން ސްޓާފް ފަންތީގެ ޓެކްނިކަލް މަގާމެކެވެ. މި މަގާމުގެ މައިގަނޑު މަގްސަދަކީ އޮފީހުގެ ދުވަހުން ދުވަހަށް ހިނގާ މާލީ މުއާމަލާތްތައް ބެލެހެއްޓުމާއި، އިދާރީ ގޮތުން ކުރަންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

 

ބެނުންވާ އަދަދު

1

މަގާމުގެ މުއްދަތު

ދާއިމީ 

ވަޒީފާ އަދާކުރަންޖެހޭތަން

އެސޯސިއޭޝަންގެ ހެޑްކުއާޓަރު

އަސާސީ މުސާރަ

4،500.00 ރުފިޔާ

ސާރވިސް އެލަވަންސް

3،500.00 ރުފިޔާ

ޓެކްނިކަލް އެލަވަންސް

1،500.00 ރުފިޔާ

ފޯން އެލަވަންސް

500.00 ރުފިޔާ

އެހެނިހެން އެލަވެންސް

ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް 120.00 ރުފިޔާ

މައިގަނޑު މަސްއޫލިއްޔަތާއި ޒިންމާ

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

      މާލީ އިދާރީ މަސައްކަތްތައް

  1. އެސޯސިއޭޝަނަށް ބަލައިގަންނަ ފައިސާތަކުގެ ރެކޯޑް ދުވަހުން ދުވަހަށް ބެލެހެއްޓުން.
  2. އެސޯސިއޭޝަނަށް ބަލައިގަންނަ ކޭޝް/ޓްރާންސްފަރ ތަކުގެ ރަސީދު ތައްޔާރުކޮށް ދުވަހުން ދުވަހަށް އެންޓަރކުރުން.
  3. އެސޯސިއޭޝަނަށް ލިބޭ ނަގުދު ފައިސާ ދުވަހުން ދުވަހަށް ބޭންކަށް ޖަމާކުރުމާއި ޕެޓީ ކޭޝް ރެޖިސްޓަރ ބެލެހެއްޓުން.
  4. އެސޯސިއޭޝަންއިން ކަނޑައަޅާފައިވާ ގޮތުގެމަތިން އެކައުންޓްތައް ރިކޮންސައިލް ކުރުން.
  5. ފައިސާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.
  6. ފައިސާ ޚަރަދުކުރުމާ ގުޅޭގޮތުން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ޕޭމަންޓް ވައުޗަރުތައް ހެދުމާއި، ވައުޗަރ ރަޖިސްޓްރީ ބެލެހެއްޓުމާއި ފައިސާ ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  7. މުވައްޒަފުންގެ ހާޒިރީ ރިޕޯޓްތަކާއި، މުސާރަ ޝީޓް ތައްޔާރުކޮށް ޕޭރޯލް ޕްރޮސެސްކުރުން.
  8. ޕެންޝަން ކޮންޓްރިބިއުޝަން ފައިސާ ކޮންމެމަހަކު މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ޖަމާކުރުން.
  9. އެސޯސިއޭޝަނުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ފާއިތުވި މަހުގެ މާލީ ހިސާބުތަކުގެ ރިޕޯޓް ކޮންމެ މަހެއްގެ  10 ވަނަ ދުވަހު ގެ ކުރިން ތައްޔާރުކުރުން.
  10. އެސޯސިއޭޝަނުގެ އެސެޓް ރެޖިސްޓަރ ބެލެހެއްޓުން.
  11. މަސައްކަތާގުޅިގެން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖު ފަދަ ލިޔުންތައް ލިޔެ ތައްޔާރުކުރުމާއި އޭގެ ރެކޯޑު ބެލެހެއްޓުން.
  12. އެސޯސިއޭޝަނުގެ އަހަރީ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތައް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

      އާންމު އިދާރީ މަސައްކަތްތައް

  1. އޮފީހުގެ އެންމެހައި ލިޔެކިޔުންތައް ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.
  2. އޮފީހުން ފޮނުވާ ސިޓީއާއި މެސެޖު ފަދަ ތަކެތި ތައްޔާރުކޮށް ފޮނުވުމާއި އޭގެ ރެކޯޑު ބެލެހެއްޓުން
  3. އެސޯސިއޭޝަނުން ހިންގާ ހަރަކާތްތަކަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން
  4. އެސޯސިއޭޝަނުގެ އަހަރީ ރިޕޯޓު ތައްޔާރުކުރުމުގައި އެހިތެރިވެދިނުން

އެހެނިހެން މަސައްކަތްތައް:

  1. ނެޝަނަލް އެކްޓިވިޓީތަކުގެ ބަޖެޓް ތައްޔާރުކުރުމަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  2. މާލީ ތަފާސް ހިސާބުތައް ތައްޔާރުކޮށް ބެލެހެއްޓުން.
  3. އެސޯސިއޭޝަނަށް ލިބޭ ގްރާންޓްތަކާއި ޑޮނޭޝަންތަކުގެ މާލީ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ މުއްދަތުގައި އިދާރާތަކަށް ފޮނުވުން.
  4. އެސޯސިއޭޝަނުގެ މެންޑޭޓްގައިވާ މަސައްކަތްތައް ފުރިހަމަކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުން.
  5. އެސޯސިއޭޝަނުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްސަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތް ކުރުން.

މަގާމުގެ ޝަރުތު

(ހ) ބިޒްނަސް، އެކައުންޓިންގ ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާއިން ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި

މަގާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 27 ސެޕްޓެންބަރު ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، މިއެސޯސިއޭޝަންގެ އީމެއިލް [email protected] އެޑްރެހަށެވެ. އީމެއިލް ކުރައްވާ ޑޮކިއުމަންޓުތައް ފޮނުވަންވާނީ ޕީ.ޑީ.އެފް(pdf) ފޯމެޓްގައި އެކަނި ކަމުގައި ދަންނަވަމެވެ.

އަދި އިއުލާނުގެ ސުންގަޑި ހަމަވުމުން ހުށަހަޅާ ހުށަހެޅުންތައް ބަލައި ނުގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އަދި ތައުލީމާއި ތަޖުރިބާ އަންގައިދޭ)
  2. ކާކުކަން އަންގައިދޭ ރަސްމީ ލިޔުން
  3. ލިބިފައިވާ ތައިލީމާއި ތަމްރީންތަކުގެ ސެޓްފިކެޓް ކޮޕީ
  4. ޕޮލިސް ސްޓްފިކެޓް
  5. މަގާމަށް ގާބިލު ފަރާތެއްކަން ސާބިތުކޮށް ދިނުމަށް ހުށަހަޅާ އެހެނިހެން ލިޔުންތައް

ޝޯޓލިސްޓް ކުރުން

މި މަގާމަށް އެދި ހުށަހަޅަ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގާބިލް ފަރާތްތައް ޝޯރޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ކަމަށް މި އިއުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ، އެފަރާތެއްގެ ހުށަހެޅުން ބަލައި ނުގަނެވޭނެއެވެ.

ޝޯޓްލިސްޓް ކުރެވޭނީ ހުށަހަޅަ ލިޔުންތަކުގެ މައްޗަށް ބިނާކޮށެވެ.

މަގާމާއި ގުޅޭގޮތުން އިތުރު މަޢުލުމާތު ބޭނުން ފުޅުވާނަމަ، އީމެއިލް ކުރައްވާނީ [email protected] އަށެވެ.

19 ސެޕްޓެންބަރު 2026
ހޯދާ